ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވުމަންސް ޗެމްޕިއަން ޝިޕް 2015

24 މޭ 2015 ވާ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ވުމަންސް ޗެމްޕިއަން ޝިޕް 2015" ގައި ބައިވެރިވުމުގެ މުއްދަތު 07 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު އަދި އަމިއްލަ ފަރާތްތަކުގެ ކުންފުނިތަކުން މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، 07 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، އަދި މުބާރާތުގެ ގަވާއިދު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ، ހެނދުނު 09:30 އާ މެންދުރުފަހުގެ 15:30 އާ ދެމެދު މިއެސޯސިއޭޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  

03 މޭ 2015
ހޯދާ