މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
'ވިޒިޓް މޯލްޑިވްސް އިޔަރ' ގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބެނުންވެއްޖެ

ކުރިއަށްއޮތް 2016 ވަނަ އަހަރަކީ "ފަތުރުވެރިން ޒިޔާރަތްކުރާ އަހަރު" ގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ އަހަރުކަމުން، މިކެމްޕެއިންގައި ބޭނުންކުރާނެ "ވިޒިޓް މޯލްޑިވްސް އިޔަރ" ގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)MMPRC-HAS/1/2015/15) އިޢުލާނާ ގުޅިގެން ހުށަހެޅި ލޯގޯތަކުގައި، މި ޙަރަކާތާއި އެކަށީގެންވާފަދަ ލޯގޯއެއް ނެތްކަމަށް މި ކޯފަރޭޝަނުން ދެކޭތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 މޭ 2015 ވާ ހޯމަ ދުވަހުގެ މެންދުރު ފަހުގެ 13:30 އަށް މި ކޯޕަރޭޝަނަށް (ވެލާނާގެ، 4 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ލޯގޯ ފަރުމާކުރަންވީގޮތުގެ މަަޢުލޫމާތުޝީޓު މި ކޯފަރޭޝަންގެ ވެބްސައިޓް www.visitmaldives.com އިން ޑައުންލޯޑް ކުރެވެން ހުންނާނެވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޕަރޭޝަންގެ ނަންބަރު 3323228 އަށް ގުޅުއްވުން އެދެމެވެ.

15 ރަޖަބު 1435

30 އޭޕްރިލް 2015
ހޯދާ