ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައެއް ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް

މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

  • ކޭބަލް ބުރިތަކެއް
  • އެލްމެނިއަމް ޓިނު ބުރިތަކެއް

މިތަކެތީގެ ނީލަން ފެށޭ އަގަކީ -/50,000 ރ (ފަންސާސްހާސް ރުފިޔާ) އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/1,500 ރ (ފަނަރަސަތޭކަ ރުފިޔާ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުން އެތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ނީލަން ފެށޭ އަގުގެ %50 އަށް ވާ -/25,000ރ (ފަންސަވީސްހާސް ރުފިޔާ) ގެ ޑިޕޮޒިޓް ދެއްކެވުމަށްފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށަހަޅުއްވައި އެންމެ މަތީ އަގު ބަންދުކޮށް 2015 މޭ 05 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ހާޒިރުވެދެއްވުން އެދެމެވެ. މިތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލުކޮށް އަލުން އެތަކެތި ނީލަމަށް ލެވޭނެއެވެ. ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިވުމުގެ ފުރުޞަތު ގެއްލޭނެ ކަމަށާއި، އަދި އެފަރާތުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކި ފައިސާ ލިބޭގޮތަށް ހަމަޖެހިފައިނުވާ ކަމުގައިވެސް ދަންނަވަމެވެ.

ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބު ކުރެއްވި ފަރާތް ނޫން އެެހެން ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ނީލަން ނިމޭތާ ގިނަވެގެން (ސަރުކާރު ބަންދު ދުވަސް ނުހިމަނައި) 7 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް ހަވާލު ކުރެވޭނެއެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 7974772 ފޯނާ ގުޅުއްވުން އެދެމެވެ.

10 ރަޖަބު 1436

29 އޭޕްރިލް 2015
ހޯދާ