ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް

             އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ. އެސް. 3)

މަޤާމު ނަންބަރު:

132792

ބޭނުންވާ އަދަދު:

2 (ދޭއް)

ރޭންކް:

ޖީ. އެސް. 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް: 1

މަޤާމުގެ ގިންތި:

ދާއިމީ

ސެކްޝަން:

ފައިނޭންސް ސެކްސަން

މުސާރަ:

-/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ އޮފީސް:

 ނ. ލަންދޫ ސްކޫލް

 

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

މަޤާމުގެ މަސްއޫލިއްޔަތު

  • މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާއެއްގޮތަށް:

ސްކޫލް މުވައްޒަފުންގެ މުސާރައާ ގުޅޭ އެންމެހައި ކަންތައްތަކާއި، ރިޕޯޓްތައް ތައްޔާރުކުރުމާއި، ކަމާގުޅޭ އެންމެހައި  ކަންތައްތައް.

  • ތިޖޫރިއަށް ފައިސާ ލުމާއި، ތިޖޫރީން ފައިސާ ނެގުމާއި، ތިޖޫރީ ރިޕޯޓް ތައްޔާރުކުރުމާބޭހޭ އެންމެހައި ކަންތައް.
  • ފައިސާއާ ގުޅޭ އެންމެހައި ރިޕޯޓުތަކާއި، ހާޒިރީ ރިޕޯޓް ތައްޔާރުކުރުމާ ގުޅޭ އެންމެހައި ކަންތައް.
  • ފައިސާ ހަވާލުކުރުމާއި، ފައިސާ ބަލައިގަތުމާބޭހޭ އެންމެހައި ކަންތައް.
  • ފައިސާ ޚަރަދުކުރުމުގެ ހުއްދަދެއްވާއާ ގުޅޭ އެންމެހައި މަސައްކަތްތައް.
  • ފައިސާގެ ބިލްތަކާ ގުޅޭ އެންމެހައި މަސައްކަތްތައް. 
  • ބެންކުން ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފަރކުރުމާއި، ފައިސާ ޖަމާކުރުމާބޭހޭ އެންމެހައި ކަންތައް.
  • މުސާރައިގެ ފައިސާއާއި، ޚަރަދު ފައިސާގެ އައިޓަމް ބާކީ ތައްޔާރުކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތް ޒިންމާދާރުކަންމަތީ ކުރުމާއެކު ރިކޯޑް ބެލެހެއްޓުން.
  • މަތީގައިވާ ކަންތަކާ ގުޅޭ ރިކޯޑް ބެލެހެއްޓުމަށް (ސޮފްޓް ކޮޕީއާއި، ހާޑް ކޮޕީ އެކުލެވޭ) ފައިލިންގ ސިސްޓަމެއް އެކުލަވައިލުމާއެކު ޒިނަމާދާރުކަންމަތީ ރިކޯޑް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް

  • ތަޢުލީމީގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ، އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.
  • މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަށެވެ.

އިންޓަވިއު އޮންނާނެ ތަން

 

 މި މަޤާމުގެ އިންޓަވިއު، އިޢުލާނުގެ މުއްދަތު ހަމަވާތާ 15 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު ބޭއްވޭނީ، ނ. ލަންދޫ ސްކޫލުގައެވެ.

މަޤާމަށް އެދެންވީ ގޮތް

- މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ނ. ލަންދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން.

- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. 

ސެޓުފިކެޓުތަކާއި ލިޔެކިޔުންތައް އެޓެސްޓު ކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓުކުރުން އޮންނާނީ އިންޓަވިއުކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަން ދެވޭ ޢިނާޔަތްތަކާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މި ސްކޫލުގެ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި

 2015 މޭ 7 ވާ ބުރާސްފަތި ދުވަހުގެ 15:00

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ، ނ. ލަންދޫ ސްކޫލުގައެވެ.

- އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ  6560576  ނަންބަރު  ފޯނަށެެވެ. ފެކްސް  ނަންބަރަކީ 6560617 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

7 ރަޖަބު 1436

26 އޭޕްރިލް 2015
ހޯދާ