މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކުނިތައް އުކާލަދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ) އާއި ހެލްތު ސަޕްލައިޒް އިމާރާތާއި ދަމަނަވެށި އިމާރާތާއި މޯލްޑިވްސް ބްލަޑް ސަރވިސަސް އިމާރާތްތަކުން އުކާލަންޖެހޭ ކުނިތައް 1 އަހަރު ދުވަސްވަންދެން އުކާލައިދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 07 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 12 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

09 ރަޖަބު 1436       

28 އޭޕްރިލް 2015
ހޯދާ