އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަޖިސްޓްރީކުރާ 4 ފުރޮޅުލީ ވެހިކަލްތައް ވައްދާނެ ގަރާޖެއް ހުރުމާއިބެހޭ

 ރަޖިސްޓަރީކުރާ 4 ފުރޮޅުލީ ވެހިކަލްތައް ވައްދާނެ ގަރާޖެއް ހުރުމާބެހޭ

އައްޑޫ ސިޓީއަށް ވެހިކަލްތައް އިތުރުވާ މިންވަރު ގިނަވެ، ގިނަ އަދަދެއްގެ ވެހިކަލްތައް ވައްދާނެ ގަރާޖެއް ރަޖިސްޓަރީ ކުރެވިފައި ނެތުމުންނާއި އެފަދަ ވެހިކަލްތައް މަގުމަތީގައި ބެހެއްޓުމުގެ ސަބަބުން މަގުމަތީގައި ހިނގާ މީހުންނަށާއި، ދުއްވާ ފަރާތްތަކަށް ދަތިވެ އަދި ބައެއްފަހަރު ނުރައްކާތެރި އެކްސިޑެންޓްތައް ހިގައެވެ. އެހެން ކަމުން މިކަމަށް ހައްލެއް ހޯއްދެވުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، ދިވެހިރާޢްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ ޖ.ގެދަށުން މިމައްސަލައަށް ހައްލެއް ހޯއްދެވުމުގެ ގޮތުން އައްޑޫސިޓީގައި ރަޖިސްޓަރީކުރާ 4 ފުރޮޅުލީ ވެހިކަލްތައް ރަޖިސްޓަރީ ކުރުމުގެ ކުރިން އެވެހިކަލް ވެއްދުމަށް ޚާއްޞަ ގަރާޖެއް ހުންނަންޖެހޭ ކަމުގައި އައްޑޫސިޓީ ކައުންސިލުން ނިންމުމާއި ގުޅިގެން 30 އެޕްރީލް 2015 ވަނަ ދުވަހުން ފެށިގެން ވެހިކަލްތައް ރަޖިސްޓަރީ ކުރުމަށް ހުށަހަޅުއްވާއިރު ވެހިކަލް ވައްދާނެ ގަރާޖެއްގެ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި މީގެ އިތުރުން ވެހިކަލްގެ ވެރިފަރާތުގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ އިމާރާތެއްގެ ތެރޭގައި ނޫން އެހެން ތަނެއްގައި ހުރި ގަރާޖަކަށް ވެހިކަލް ވައްދާނަމަ އެގަރާޖުގެ ވެރިފަރާތުން އިއުތިރާޒުނުކުރާކަމުގެ ލިޔުމެއް ހުށަހަޅުއްވަން ޖެހޭނެއެވެ.

އަދި 30 އެޕްރީލް 2015 ގެ ކުރިން ރަޖިސްޓަރީ ކުރެވިފައިވާ ވެހިކަލްތައް ވައްދާނެ ގަރާޖެއް ރަޖިސްޓަރީކޮށް 03 މަސްދުވަހުގެތެރޭގައި ހުށަހެޅުއްވުމަށްވެސް ދެންނެވީމެވެ.

ވީމާ، 30 އެޕްރީލް 2015 ވަނަ ދުވަހުން ފެށިގެން ވެހިކަލްތައް ރަޖިސްޓަރީ ކުރުމަށް ހުށަހަޅުއްވާއިރު ވެހިކަލް ވައްދާނެ ގަރާޖެއްގެ ލިޔުމެއްނެތް ފަރާތެއްގެ ވެހިކަލް ރަޖިސްޓަރީ ނުކުރެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 ރަޖަބު 1436 ހ.

20 އޭޕްރިލް 2015
ހޯދާ