ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ މިސްކިތާއި އެމިސްކިތުގެ އިސްކުރުބަރިއާއި ފާޚާނާ ނީލަންކިއުން

ނީލަން ކިއުމާބެހޭ

ފުވައްމުލަކު ދޫނޑިގަން އަވަށުގެ ކުރީގައި ބޭނުންކުރި ހީނާޑިއެ މިސްކިތް ބާވެ ވީރާނާވެފައިވާތީ އެމިސްކިތުގެ ކައިރީގައި އަލަށް މިސްކިތެއް ޢިމާރާތްކޮށް އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވުމާއެކު ކުރީގެ މިސްކިތާއި އެމިސްކިތުގެ އިސްކުރުބަރިއާއި ފާޚާނާގެ ނީލަންކިއުން 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި އެ މިސްކިތުގެ ގޯތިތެރޭގައި އޮންނާނެއެވެ.

ނީލަމުން އެތަންތަން ނަންގަވާ ފަރާތްތަކުން ދޫނޑިގަން ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު 07 ދުވަހުގެ ތެރޭގައި މިސްކިތާއި އިސްކުރުބަރިއާއި ފާޚާނާ ހިމެނޭ ޢިމާރާތުގެ ހުރިހާ އެއްޗެއް އެތަނުން ނަގައި ތަން ސާފުކުރަންވާނެއެވެ.

ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

03 ރަޖަބު 1436

22 އޭޕްރިލް 2015
ހޯދާ