ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

މުވައްޒަފުން ބޭނުންވާ މަޤާމު

 

މަޤާމު:

އެސިސްޓެންޓް ލައިބްރޭރިއަން

 

ބޭނުންވާ އަދަދު: 1

މުސާރަ:

މަހަކު -/4,465ރ

ސަރވިސް އެލަވަންސް:

މަހަކު 1,500ރ

އޮފީސް :

ދަރުމަވަންތަ ސްކޫލް ( އޮފީސް

)

 

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް 3


 މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ' ދިވެހި'  މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

-  ސްކޫލްގެ ލައިބުރަރީގެ އިންވެންޓްރީ ނަގައި އަޕްޑޭޓްކޮށް ބެލެހެއްޓުން.

-  ލައިބުރަރީން ދޫކުރާ ފޮތްތަކުގެ ރެކޯޑު ބެލެހެއްޓުން.

- ދަރިވަރުންނަށް ހިންގޭ ލައިބުރަރީ ގަޑިތައް މޮނިޓަރ ކުރުން.

- ދަރިވަރުން ފޮތްކިއުމަށް އަހުލުވެރިކުރުމަށް ޕްރޮގުރާމުތައް ރާވައި ހިންގުން.

- ލައިބުރަރީއަށް ބޭނުންވާ ފޮތްތައް ފަދަ ތަކެތީގެ ލިސްޓު ތައްޔާރުކޮށް ސުކޫލުގެ އިދާރާއަށް  

- ހުށަހެޅުން އަދި އިދާރާއާ ގުޅިގެން ލައިބުރަރީއަށް ބޭނުންވާ ފޮތް ހޯދުން.

- ލައިބުރަރީގެ ޚިދުމަތް ލިބިގަންނަ ކުދިންނާއި ޓީޗަރުނަށް އެހީތެރިވެދިނުން.

އިތުރު އިނާޔަތްތައް: އިތުރުގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި: 

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނުނަންބަރ )
  • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ސްކޫލުގެ އިދާރާއިންނާއި އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • މުއްދަތު ހަމަނުވާ  އައި.ޑީ.ކާޑުގެ ސާފު ކޮޕީ (  އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓް ކުރެވިފައިފާ ކޮޕީގެ އަސްލު.)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް
  • ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅޭނަމަ އެވަޒީފާއިން މި ސްކޫލުގެ ވަޒީފާއަށް ބަދަލުވުމާމެދު، އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން:

    - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު

    - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އިންޓަރވިއުކުރުން: މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.  

ނޯޓް:

  • މިމަޤާމަށް އިންޓަރވިއުކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާއެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެވާހަކަ ދެންނެވީމެވެ.

ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 އެޕްރީލް 2015 ގެ 14:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއެކު ދަރުމަވަންތަ ސްކޫލުގެ އޮފީހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ގުޅުއްވާނީ 3324495 ނަންބަރު ފޯނާއެވެ.

22 އޭޕްރިލް 2015
ހޯދާ