ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސަރވިސް އެސިސްޓެންޓް

މިކުންފުނީގެ ތިރިގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ސަރވިސް އެސިސްޓެންޓް/ ގރ.1

އަދަދު: 5

މުސާރަ: 3240.00 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސާރވިސް ސެންޓަރ

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 2،000.00ރ އާއި 2،500.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ހަމަވުމުން ހެލްތު އިންޝުއަރެންސް ގައި ބައިވެރި ކުރެވޭނެ.
  • މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓެކްނީޝަނުންނާއެކު ރެފްރިޖެރޭޝަންގެ މަސައްކަތްތައް ކުރުން.
  • އާފްޓަރ ސޭލްސް ސަރވިސް ފޯރުކޮށްދިނުން.

ތަޢުލީމާއި ތަޖުރިބާ:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސި އަދި ދިވެހި ބަހުން ލިޔަންކިޔަން އެނގުން.

އެހެނިހެން ހުނަރު:

  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން
  • ވަޒީފާ އަދާކުރާ ސްޓޭޝަން ނޫން އެހެނުހެން ސްޓޭޝަންތަކުގައި މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން

މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 30ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމުރމް އެސްޓިއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
  • ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް އެސްޓީއޯ ހެޑް އޮފީސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.stomaldives.com

22 އޭޕްރިލް 2015
ހޯދާ