މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވީ.އާރ.ވީ އެއަރކޮންޑިޝަން ސިސްޓަމަށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ހެލްތުގެ ބައެއް ފްލޯރތަކުގައި ހުރި އެއަރކޮންޑިޝަން ސިސްޓަމްތައް ނައްޓައި، ވީ.އާރ.ވީ އެއަރކޮންޑިޝަން ސިސްޓަމަށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 10 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

04 ރަޖަބު 1436       

23 އޭޕްރިލް 2015
ހޯދާ