މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިނިސްޓްރީގެ ދަށުން ހިނގަމުންދާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު ފަރާތްތަކެވެ.

މަޤާމު

ޕަބްލިކް ހެލްތު ޕްރޮގްރާމް މެނޭޖަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ޑިވިޝަން / ސެކްޝަން

މެޓާނަލް ނިއުބޯން ޗައިލްޑްސް އެންޑް އެޑޯލްސެންޓް ހެލްތު ސެކްޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މައިންނާއި އަލަށް އުފަންވާ ކުދިން، ކުޑަކުދިން އަދި ފުރާވަރު ކުދިންގެ ނެޝަނަލް ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ޕޮލިސީއާއި އަދި ސްޓްރެޓަޖީސްތައް ސެކްޝަނުގެ ޑިރެކްޓަރގެ މަޝްވަރާގެ މަތިން ތައްޔާރުކުރުމާއި މި ސްޓްރެޓަޖީސްތަކުގައިވާ ކަންތައްތައް ހިންގުމަށްޓަކައި ބޭނުންވާ އެކްޝަން ޕްލޭން ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އެކުލަވައިލުމުގެ މަސައްކަތްކުރުމާއި އެކްޝަން ޕްލޭންއާއި އެއްގޮތަށް ޙަރަކާތްތައް ހިންގުމުގެ އިންތިޒާމް ހަމަޖެއްސުން.

ތަޢުލީމާއި ތަޖުރިބާ

  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ޕަބްލިކް ހެލްތުގެ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޕަބްލިކް ހެލްތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ޕަބްލިކް ހެލްތުގެ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ޕަބްލިކް ހެލްތު ޕްރޮގްރާމް މެނޭޖަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ޑިވިޝަން/ ސެކްޝަން

އިމިއުނައިޒޭޝަން އެންޑް ޓްރެވަލް ވެކްސިން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ރާއްޖޭގައި ވެކްސިންް ޕްރޮގްރާމްގެ ޕްލޭންތައް ތައްޔާރު ކުރުމާއި، އެޕްލޭންތަކާ އެއްގޮތަށް އެކަންތައް ރާވައި ހިންގައި އަދި ހިނގާ ނުހިނގާ ގޮތް ބަލައި މޮނިޓަރކޮށް ވެރިންނަށްް ރިޕޯޓް ކުރުމާއި ވެކްސިންނާބެހޭ ތަފާސްހިސާބު ބެލެހެއްޓުމާއި، ވެކްސިން ނޭޝަނަލް ފޯކާސްޓް ހެދުމާއި ނެޝެނަލް ލެވެލް ސްޓޮކް ބެލެހެއްޓުމާއި، މޮނިޓަރ ކުރުން އަދި ވެކްސިންއާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގްރާމްތައް ރާވައި އެފަދަ ޕްރޮގްރާމްތައް ހިނގާ ނުހިގާގޮތް ބެލުން.

ތަޢުލީމާއި ތަޖުރިބާ

  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ޕަބްލިކް ހެލްތުގެ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ޕަބްލިކް ހެލްތުގެ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ޕަބްލިކް ހެލްތު ޕްރޮގްރާމް މެނޭޖަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ޑިވިޝަން / ސެކްޝަން

އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ  

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މަސައްކަތު މާހައުލުގެ ސަލާމަތާއި މަސައްކަތްތެރިންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމާއި، މަސައްކަތު މާހައުލުގައި ބޭނުންކުރާ ވިހަ ގޭސް ކެމިކަލް އަދި އެހެނިހެން މާއްދާތަކުން ޞިއްޙަތަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ޙައްލު ކުރުމަށްޓަކާ ޤަވާއިދުތަކާއި ސްޓޭންޑާޑްތައް ކަމާބެހޭ ދާއިރާތަކާ ގުޅިގެން އެކުލަވައިލައި އާންމުކޮށް މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ހުރި މިންވަރު ދެނެގަތުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި، "ސޭޕްޓީ އެސެެސްމަންޓް" އަދި ސޭޕްޓީ އޮޑިޓްތައް ކަނޑައެޅޭ އުސޫލެއްގެ މަތިން ކުރިޔަށް ގެންދިއުން.

ތަޢުލީމާއި ތަޖުރިބާ

  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ޕަބްލިކް ހެލްތުގެ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޕަބްލިކް ހެލްތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ޕަބްލިކް ހެލްތުގެ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޕަބްލިކް ހެލްތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ޕަބްލިކް ހެލްތު ޕްރޮގްރާމް މެނޭޖަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ޑިވިޝަން / ސެކްޝަން

ހެލްތު ޕްރޮމޯޝަން އެންޑް ކްރޮނިކް ޑިސީސަސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ނަން ކޮމިއުނިކަބަލް ޑީސީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އެން.ސީ.ޑީ) ޔުނިޓްގެ މަސައްކަތްތައް ރާވައި ހިންގުމާއި ޔުނިޓްގެ ސްޓްރެޓަޖިކް ޕްލޭން ވިލަރެސްކޮށް މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ސްޕަރވައިޒްކުރުމާއި ދިމާވާ ދަތިތައް ޙައްލުކޮށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެން.ސީ.ޑީ ޕްރިވެންޝަން އެންޑް ކޮންޓްރޯލް ނެޓްވޯކެއް އަދި އެން.ސީ.ޑީ އިންފޯ ބޭސްއެއް ގާއިމުކޮށް އެއިން އެއްކުރެވޭ މަޢުލޫމާތު މޮނިޓަރކޮށް ބެލެހެއްޓުމާއި ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިކޮށްދޭ ސަބަބުތައް ރާއްޖޭގައި ހުރިނެތްގޮތް ދެނެގަތުމަށްޓަކައި ކުރަންޖެހޭ ދިރާސާތަކަށް މަޢުލޫމާތު އެއްކުރުން.

ތަޢުލީމާއި ތަޖުރިބާ

  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ޕަބްލިކް ހެލްތުގެ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ޕަބްލިކް ހެލްތުގެ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ސީނިއަރ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ 

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: MS 2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ޑިވިޝަން / ސެކްޝަން

ކޮމިއުނިކަބަލް ޑިސީސަސް ކޮންޓްރޯލް ޕްރޮގްރާމްސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ރާއްޖޭގައި އެންޑެމިކް ބަލިތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ ގައިން ގަޔަށްއަރާ ބަލިތަކާއި އަލަށް ތަޢާރަފުވާ ބަލިތައް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރުމާއި، ރާއްޖޭގައި އާންމުކޮށްއުޅޭ ބަލިތަކާމެދު އާންމުން ހޭލުންތެރިކުރުމާއި، ދިރޭ ސޫފާސޫފީގެ ޒަރީއާއިން ޖެހޭ ބަލިތައް ފެތުރުނަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް މަސައްކަތުގެ ދާއިރާއިން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.

ތަޢުލީމާއި ތަޖުރިބާ

  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ޕަބްލިކް ހެލްތުގެ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޕަބްލިކް ހެލްތުގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ސީނިއަރ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ 

ބޭނުންވާ އަދަދު

  01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: MS 2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ޑިވިޝަން / ސެކްޝަން

އެންވާރަމަންޓް އެންޑް އޮކިއުޕޭޝަނަލް ހެލްތު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ބަލިފަތުރާ ސޫފާސޫފި އުފެދޭ ތަންތަން ނެއްތައިލުމާއި އެފަދަ ސޫފާސޫފި ގިނަވިޔަ ނުދިނުމަށް މަސައްކަތްކުރުމާއި، ރާއްޖެއިން ނައްތާލެވިފައިވާ ބަލި ފަތުރާ ސޫފާސޫފި ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް އަތޮޅުތެރޭގައި ކުރެވޭ މަސައްކަތްތައް މޮނިޓަރކުރުމާއި، އެންޓޮމޮލޮޖިކަލް ސަރވައިލަންސްގެ މަސައްކަތް ރާވައި ހިންގުމާއި އަދި އާންމު ޞިއްޙަތުގެ ޤާނޫނުގެ ދަށުން ތައްޔާރުކުރެވޭ މަދިރިއާއި އެހެނިހެން ބަލިފަތުރާ ސޫފާސޫފި ކޮންޓްރޯލްކުރުމުގެ ގަވާއިދު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  • ޕަބްލިކް ހެލްތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް ހެލްތު ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޕަބްލިކް ހެލްތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  

މަޤާމު

 ސީނިއަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ 

ބޭނުންވާ އަދަދު

 01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: MS 2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ޑިވިޝަން / ސެކްޝަން

އިމިއުނައިޒޭޝަން އެންޑް ޓްރެވަލް ވެކްސިންސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އިމިއުނައިޒޭޝަން އެންޑް ޓްރެވަލް ވެކްސިން ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ޕޮލިސީއާއި އަދި ސްޓްރެޓަޖީސްތައް ތައްޔާރުކުރުމަށް ސެކްޝަނުގެ ޑިރެކްޓަރގެ މަޝްވަރާގެ މަތިން މަސައްކަތްކުރުމާއި، މިސްޓްރެޓަޖީސްތަކުގައި ހުރި ކަންތައްތައް ހިންގުމަށްޓަކައި ބޭނުންވާ އެކްޝަން ޕްލޭން ތައްޔާރުކޮށް އެކްޝަން ޕްލޭންއާ އެއްގޮތަށް ހަރަކާތްތައް ހިންގުން.

ތަޢުލީމާއި ތަޖުރިބާ

  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް ހެލްތުގެ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ސީނިއަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ

ބޭނުންވާ އަދަދު

  01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:MS 2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ޑިވިޝަން / ސެކްޝަން

ހެލްތު ޕްރޮމޯޝަން އެންޑް މީޑިއާ ކޯޑިނޭޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި ގަވާއިދުތައް ތަންފީޛުކުރުމުގެ މަސައްކަތް ރާވައި ހިންގުމާއި، ބިހޭވިއަރ ޗޭންޖް ކޮމިއުނިކޭޝަންއަށް ބޭނުންވާ ވަސީލަތްތައް ފާހަގަކޮށް ތައްޔާރުކުރުމަށް ކަމާބެހޭ ސެކްޝަނާ ގުޅިގެން މަސައްކަތްކުރުމާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރެވޭ އާންމު ޞިއްޙަތާބެހޭ ދުވަސްތައް ކަމާގުޅުންހުރި ދާއިރާތަކާ ގުޅިގެން ފާހަގަކުރުން.

ތަޢުލީމާއި ތަޖުރިބާ

  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް ހެލްތުގެ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  

މަޤާމު

ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ

ބޭނުންވާ އަދަދު

  01

މަޤާމުގެ ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑު 1

ރޭންކް:MS 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ޑިވިޝަން / ސެކްޝަން

ޕަބްލިކް ހެލްތު އިންސްޕެކްޓަރޭޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި އަދި ކާބޯތަކެތި އުފައްދާ ތަންތަން، ކާބޯތަކެތީގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ހުރިތޯ ބަލައި ފާސްކުރުމާއި ސަޓިފައިކުރުމާއި، ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅުއެޅުމުގެ އިންތިޒާމްތައް ރާވައި ހިންގުމާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ޑެޓާބޭސް އަޕްޑޭޓްކޮށް ބެލެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ޕަބްލިކް ހެލްތުދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ޕަބްލިކް ހެލްތުގެ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމު

ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ

ބޭނުންވާ އަދަދު

  01

މަޤާމުގެ ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑު 1

ރޭންކް:MS 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ޑިވިޝަން / ސެކްޝަން

ޕޮޕިއުލޭޝަން އެންޑް ރިޕްރޮޑަކްޓިވް ހެލްތު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ރިޕްރޮޑަކްޓިވް  އެންޑް މެޓަރނަލް ޗައިލްޑް ހެލްތު ޕްރޮގްރާމްގެ ދަށުން ހިންގަންޖެހޭ ޙަރަކާތްތައް ކަމާބެހޭ ޕޮލިސީ އަދި ސްޓްރެޓެޖީގައިވާ ގަވާއިދުގެ މަތިން ރާވައި، ވިލަރެސްކޮށް، ހިންގުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އެހީތެރިވުމާއި، ޕްރޮގްރާމުން ހިންގާ ޙަރަކާތްތަކުގެ ރިކޯޑާއި ޚަރަދުގެ ތަފްސީލު ރިކޯޑުތައް ސަރުކާރުގެ ގަވާއިދާއި އެއްގޮތަށް ކަނޑައެޅިފައިވާ އިންތިޒާމުގެ މަތިން ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ޕަބްލިކް ހެލްތުގެ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމު

ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ

ބޭނުންވާ އަދަދު

  01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑު 1

ރޭންކް:MS 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ޑިވިޝަން / ސެކްޝަން

ކޮމިއުނިކަބަލް ޑިސީސަސް ކޮންޓްރޯލް ޕްރޮގްރާމްސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ރާއްޖޭގައި ފެތުރޭ ގައިންގަޔަށްއަރާ ބަލިތަކާއި، އަލަށް ތަޢާރަފުވަމުން އަންނަ ބަލިތައް ކޮންޓްރޯލްކުރުމުގެ މަސައްކަތާއި ރާއްޖޭގައި ޢާންމުކޮށް އުޅޭ ބަލިތަކާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރުމާއި، ދިރޭ ސޫފާސޫފިން ޖެހޭ ބަލިތައް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކޮށް ނުރައްކާތެރި ބަލިތައް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ޕަބްލިކް ހެލްތު ދާއިރާގައި 3 އަހަރު ދުވެހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިމިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

05 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ މެއި މަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ ގައި)

ނޯޓް: މިވަޒީފާތަކަށް އެދިފައިވާ ޝަރުޠުު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014325 އެވެ.

21 އޭޕްރިލް 2015
ހޯދާ