މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރާވީޙު ނަމާދު ކުރާނެ ޙާފިޠެއް ހޯދުމާބެހޭ

1436 ވަނަ އަހަރު ވާދޫގައި ރަމަޟާންމަހުގެ ރޭތަކުގައި ތަރާވީޙު ނަމާދު ކުރާނެ ޙާފިޠެއް ހޯދުމާބެހޭ

1436 ވަނަ އަހަރު ވާދޫގައި ރަމަޟާންމަހުގެ ރޭތަކުގައި ތަރާވީޙު ނަމާދު ކުރާނެ ޙާފިޠެއް ހޯދަން ބޭނުންވެއްޖެއެވެ.

ޝަރުޠު:

  • ޤުރުއާން ހިތުދަސް ޙާފިޠަކު ކަމުގައިވުން (ޙާފިޠުކަމުގެ ސެޓުފިކެޓު އޮތުން).
  • ރީތިކޮށް ތަޖުވީދުމަގުން ޤުރުއާން ކިޔަވަން އެނގުން.

އުޖޫރަ:

  • 500 ޑޮލަރު ނުވަތަ މިއަދަދަށްވާ ދިވެހިފައިސާ

އެހެނިހެން އިނާޔަތްތައް:

  • ދަތުރު ޚަރަދާއި ހުރުމާއި ކެއުން ހަމަޖައްސައިދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި އިދާރާއަށް ސެޓުފިކެޓުތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

‏01‏ ރަޖަބްު 1436

20 އޭޕްރިލް 2015
ހޯދާ