މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މަސައްކަތު

މަޤާމު:             

އެސް އެސް

ރޭންކް:            

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކުލެސިފިކޭޝަން:

މަހަކު 3,100.00 ރުފިޔާ

މުސާރަ:

މަހަކު 1000.00 ރުފިޔާ

ސަރވިސް އެލަވަންސް:     

ސިވިލްސާރވިސްގެ ގަވާއިދުގައި ވާގޮތުގެ މަތިން ބަންދުދުވަސްތަކުގެ ފައިސާއާއި، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތް ދެވޭނެ އެވެ.

އުޖޫރައާއި ޢިނާޔަތް:

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލް އިދާރާގެ އިކޮނޮމިކު ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓުން ކަނޑައަޅާ މިސްކިތެއް.

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • މަސައްކަތްކުރުމަށް ޙަވާލުކުރެވޭ މިސްކިތާއި، މިސްކިތުގެ ގޯތިތެރޭގައިވާ ފާޚާނާއާއި، ވުޟޫކުރާ އިސްކުރުބަރި ސާފުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ގޯތިތެރެއާއި މިސްކިތާ ގުޅިފައިވާ މަގުތައް ކުނިކަހައި، ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން.
  • ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ ލަސްވެގެން 15 މިނިޓް ކުރިން މިސްކިތަށް ހާޒިރުވެ ނަމާދުގެ ޖަމާޢަތަށް މިސްކިތް ތައްޔާރުކުރުން.
  • މިސްކިތުގެ ވަޅު ހަޑިވިޔަނުދީ ދިޔަހިއްކައި ސާފުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ގޯތިތެރޭގައިހުންނަ ރުއްގަސް ކޮށައި ސާފުކޮށް ބެލެހެއްޓުން.
  • މިސްކިތުގެ ގޯތިތެރެ ޒީނަތްތެރިކޮށް ބަގީޗާ އިންދައި ފެންދީ ހައްދައި ބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުން، ނުވަތަ،
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛ އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ ޝަރުޠުތައް:

 

  • ގިނަ ވަގުތު ހީވާގިކަމާއެކު މަސައްކަތުގައި އުޅެވުން.
  • ޞީއްޙީ ދުޅަހެޔޮކަން.
  • ތަޖުރިބާއާއި ހުނަރުވެރިކަން.
  • ތަޢުލީމާއި ތަމްރީން.   

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

މިމަޤާމަށް މީހަކު ހޮވުމަށްޓަކައި ބާއްވާ އިންޓަވިއު އޮންނާނީ ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ހުޅުދުއްފާރު ކައުންސިލްގެ އިދާރާގައެވެ.

އިންޓަވިއު ބާއްވާ ތަނާއި މުއްދަތު:

  • މި މަޤާމަށް އެދޭ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
  • ފުރިހަމަކޮށްފައިވާ ސިވިލްސާރވިސްގެ ވަޒީފާ އެދޭ ފޯމު (އެޕްލިކޭޝަން ފޯމު ކައުންސިލް އިދާރާއިން ލިބިވޑައިގަންނަވާނެއެވެ.) މީގެއިތުރުން ސިވިލް ސަރވިސް ކޮމިޝަސްންގެ ވެބްސައިޓް www.csc.gov.mv  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ރ. ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށް ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން.
  • ވަޒީފާއެއް އަދާކުރައްވާފައިވަނަމަ، ނުވަތަ ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއްނަމަ އަދާކުރެއްވި ނުވަތަ އަދާކުރައްވާ ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  • ވަޒީފާ އަށް ކުރިމަތިލާފަރާތުގެ ވަނަވަރު
  • ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ
  • ގުޅޭނޭ ފޯނު ނަންބަރު
  • އީމެއިލް އެޑްރެސް

އިންޓަވިއު ބާއްވާ ތާރީޚާއި ގަޑި ވަޒީފާއަށް ކުރިމަތިލެއްވި ފަރާތަށް ދެންނެވޭނެއެވެ. މިމަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 އެޕްރީލް 2015 ދުވަހުގެ 14:00 އެވެ.

މިމަޤާމަށް އެދި ހުށަހަޅަންވީ ގޮތާއި ސުންގަޑި:

 

އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ ހުޅުދުއްފާރު ކައުންސިލް އިދާރާގެ ނަންބަރު 6580069 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ވަޒީފާ ހަމަޖެއްސުމުގައި އިސްކަންދެވޭނީ އެންމެ މަތިން މާރކްސް ލިބޭ ފަރާތަކަށެވެ.       

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ޖުމާދަލްއާޚިރާ 1436

16 އޭޕްރިލް 2015
ހޯދާ