މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ލީގަލް ކައުންސެލަރ

މަޤާމުގެ ނަން: ލީގަލް ކައުންސެލަރ

ބޭސިކް މުސާރަ: -/9,000 ރުފިޔާ

ޑެއިލީ އެލަވަންސް: -/6,000 ރުފިޔާ

ވަޒީފާގެ ބާވަތް: ފުލްޓައިމް

ބޭނުންވާ އަދަދު: 1

ޝަރުޠު:

  • މަޤާމާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުން. ނުވަތަ,
  • މަޤާމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހިންގުންތެރި، ހީވާގި، މަސައްކަތްތައް ގަޑިން ގަޑިއަށް ނިންމާ މީހެއްކަމުގައިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވެލާނާގެ ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް.

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޤާނޫނީ ގޮތުން އެކިއެކި ކަންކަމުގައި މިކޯޕަރޭޝަންގެ މެނޭޖްމަންޓަށް އަދި މިކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ލާފާދިނުން، އަދި ޑިރެކްޓަރުންގެ ބޯޑުން އެދިއްޖެ ހިނދެއްގައި ބޯޑުގެ ބައްދަލުވުން ތަކަށް ހާޒިރުވުން.
  • ކޯޕަރޭޓް ގަވަނަންސް އުސޫލުތައް ޤާއިމުކުރުމުގައާއި ކުންފުނި ހިންގުމުގައި ބޭނުންވާ ޕޮލިސީތަކާއި، އެސް.އޯ.ޕީ ތައް ތައްޔާރު ކުރުމުގައި ލަފާދީ، އެތަކެތި ޑްރާފްކުރުމާއި، ރިވިއުކޮށް، އިސްލާޙު ކުރުން.
  • މިކޯޕަރޭޝަންގެ ފަރާތުން އެކިއެކި ފަރާތްތަކާއިއެކު ހަދާ އެއްބަސްވުންތަކާއި ލިޔެކިޔުންތައް ތައްޔާރު ކުރުމުގައި ލަފާދީ، އެތަކެތި ޑްރާފްކުރުމާއި، ރިވިއުކޮށް، އިޞްލާޙު ކުރުން.
  • މި ކޯޕަރޭޝަނަށް ބޭނުންވާ އެކިއެކި މަސައްކަތްތައް ކުރާނެ އަދި ޚިދުމަތްތައް ދޭނެ ފަރާތްތައް އަންޔަން ކުރުމާ ގުޅޭގޮތުން ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތަކާއި އެއްބަސްވުންތައް ތައްޔާރު ކުރުމާއި، އެފަދަ ތަކެތި ރިވިއުކޮށް، އިޞްލާޙުކުރުން.
  • މި ކޯޕަރޭޝަނުން ހިންގާ ޕްރޮޖެކްޓުތަކާއި، ކޮމަރޝަލް ޓެންޑަރ ތަކާއި، ވިޔަފާރީގެ މުޢާމަލާތްތަކާ ގުޅެގޮތުން ގުޅޭގޮތުން ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތަކާއި އެއްބަސްވުންތައް ތައްޔާރު ކުރުމާއި، އެފަދަ ތަކެތި ރިވިއުކޮށް، އިޞްލާޙު ކުރުން

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 3 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭފަރާތްތައް   ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވާނެ ކަމުގައި ވެސް ދެންނެވީމެވެ.

 01 ރަޖަބު 1436

20 އޭޕްރިލް 2015
ހޯދާ