އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލޯޔަރު

ލޯޔަރު (ކޮންޓްރެކްޓް)

މަޤާމު

1

ބޭނުންވާ އަދަދު

އޮޑިޓަރ ޖެނެރަލްގެ އޮފީސް

މަސައްކަތް ކުރަންޖެހޭ ތަން

-/21،000 (އެކާވީސް ހާސް) ރުފިޔާ

މުސާރަ

ސަރވިސް އެލަވަންސް: ދުވާލަކަށް 316/67 (ތިން ސަތޭކަ ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތް ލާރި)

ޢިނާޔަތް

  • ޤާނޫނީ ދާއިރާއިން މާސްޓާސް ޑިގްރީ (އެމް.އެން.ކިއު.އެފް ލެވެލް 9) ހާސިލުކޮށްފައި ވުމާއެކު މަސައްކަތާގުޅޭ ދާއިރާއެއްގައި 7 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ (އެމް.އެން.ކިއު.އެފް ލެވެލް 7 ނުވަތަ 8) ހާސިލުކޮށްފައި ވުމާއެކު މަސައްކަތާގުޅޭ ދާއިރާއެއްގައި 9 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • އިންޓަރވިއުގައި މި މަސައްކަތަށް ޤާބިލުމީހެއްކަން ސާބިތުކޮށްދިނުން. 

އަސާސީ ޝަރުޠު

  • މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަސްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  • މިއޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް މަސައްކަތެއް އޮފީހުގެ ހުއްދައާނުލާ ނުކުރުން.
  • ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިނުވުން، ނުވަތަ އެފަދަ ކުންފުންޏަކަށް އެއްވެސް މަސައްކަތެއް ނުކޮށްދިނުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  • އޮފީހުގެ ހުއްދައާނުލާ އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
  • އޮފީހުގެ ހުއްދައާނުލާ ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  • މިއޮފީހުގެ އެއްވެސް މުވައްޒަފަކާ އާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

އެހެނިހެން ޝަރުޠު

  • އޮފީހުގެ ލީގަލް ޔުނިޓުގެ އެންމެހައި ކަންތައްތައް ހިންގާ ބެލެހެއްޓުން؛
  • އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޤާނޫނީ ލަފާ ބޭނުންވާ މައްސަލަތައް ދިރާސާކޮށް، ޤާނޫނީ ލަފާ ދިނުން.
  • އޮފީހުން އެކުލަވާލަން ބޭނުންވާ، ޤާނޫނާބެހޭ ލިޔުންތަކާއި އެކިއެކި ގަވާއިދުތައް އެކުލަވާލުން.
  • ދައުލަތުގެ އެކިއެކި މުއައްސަސާތަކާގުޅިގެން އޮފީހުން ކުރަންޖެހޭ ޤާނޫނާ ގުޅުން ހުންނަ މަސައްކަތްތައް ކުރުން.
  • އޮޑިޓް ރިޕޯޓުތަކާގުޅޭ ޝަރުޢީ ނުވަތަ ޤާނޫނީ މައްސަލަތަކާގުޅޭ ގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އޮފީހުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އޮފީހުގެ މަސައްކަތާ ގުޅުން ހުންނަ ޤާނޫނުތަކާއި ގަވާއިދުތަކުގެ ރިވިޔު ހެދުން.
  • ކޯޓުތަކުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަކާލާތުކުރުން.

މަޤާމުގެ މަސްއޫލިއްޔަތު

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓްކޮށްފައި).
  • ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މިލިޔުން ހުށަހަޅަންޖެހޭނީ އަސާސީ ޝަރުޠު ހަމަވެ، ސެޓްފިކެޓް ލިބިފައި ނުވާނަމައެވެ.)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).

ހުށަހަޅަންޖެހޭ ލިޔުންތައް

7 މޭ 2015 ވާ ބުރާސްފަތި ދުވަހު މެންދުރުފަހުު 14:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް
(ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ).

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

  • މި މަޤާމުގެ އިންޓަރވިއު ޕްރޮސެސްއަށް ޝޯޓް ލިސްޓުކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓް ލިސްޓުކުރެވުނުކަން އަންގާނީ ޝޯޓް ލިސްޓުކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އެނޫން ފަރާތްތަކަށް އެކަން ލިޔުމަކުންނެއް ނާންގާނެއެވެ. އިންޓަރވިއުއަށް ޝޯޓް ލިސްޓްކޮށް ނިމުމުން އެކަން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.
  • އިންޓަރވިއު ޕްރޮސެސް ކުރިއަށްދާނެގޮތަކީ، (1) ވަނަ ނަންބަރުގައި ވާގޮތަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ލިޔުމުން ޓެސްޓެއް ނުވަތަ ޕްރެޒެންޓޭޝަނެއް ދިނުމެވެ. އަދި ޓެސްޓުން ނުވަތަ ޕްރެޒެންޓޭޝަންއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކަށް ޑައިރެކްޓް އިންޓަރވިއުއެއް ދިނުމެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނޭ

ފޯނު ނަންބަރު: 3348200     

ފެކްސް ނަންބަރު: 3316430

އީމެއިލް އެޑްރެސް: [email protected]

21 އޭޕްރިލް 2015
ހޯދާ