މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ ކަމް މެއިލް ކްލިއަރެންސް އޮފިސަރ

މަޤާމު:

ޑްރައިވަރ ކަމް މެއިލް ކްލިއަރެންސް އޮފިސަރ

ބޭނުންވާ އަދަދު:

02

މުސާރަ:

  • 5130.00 ރުފިޔާ ( ފަސް ހާސް އެއް ސަތޭކަ ތިރީސް ރުފިޔާ)
  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އެލަވަންސް:

  • 1980.00 ރުފިޔާ (އެއް ހާސް ނުވަ ސަތޭކަ އަށްޑިހަ ރުފިޔާ)
  • އެއާރޕޯރޓުގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން ފުޑް އެލަވަންސް ލިބޭނޭއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް:

މެއިލް އޮޕަރޭޝަންސް ޑިވިޜަން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ގްރޭޑް 7ގެ ފެންވަރު ހުރުމާއި ކުރެވޭ އިންޓަރވިއުއިން ފާސްވުން. ނުވަތަ،
  • ދިވެހި އަދި އިނގިރޭސި ބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަން އަދި ކިޔަން އެނގޭ މީހެއްކަމުގައިވުން.
  • B1,A1 ކެޓަގަރީތަކުގެ ޑްރައިވިންގ ލައިސަންސް އޮތުމާއެކު ކުރެވޭ އިންޓަރވިއު އަކުން ފާސްވުން .
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • މަސައްކަތުގެ މާހައުލުގައި މުއާމަލާތު ކުރަންޖެހޭފަރާތްތަކާ ރަނގަޅަށް މުއާމަލާތުކުރަން އެނގޭ މީހަކު ކަމުގައިވުން.
  • ރަސްމީގަޑީގެ އިތުރުން އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރު ތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ޞިއްޙަތެއްގެ ފިރިހެނަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  •  މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު ގުޅޭނެ ފޯން)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާގައި މިހާރު އުޅުއްވާ ފަރާތެއްނަމަ ނުވަތަ ކުރިން ވަޒީފާއެއްގައި އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 29 އެޕްރީލް 2015 ބުދަ ދުވަހުގެ 15:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފްލޯރއަށް ވަޑައިގެން އެޗްއާރ ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ. 

އިތުރު މަޢުލޫމާތު:

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271، 3009272، 3009273

ފެކްސް: 3321559

23 އޭޕްރިލް 2015
ހޯދާ