މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ ޓްރެއިނީ

މަޤާމު:

އޮފިސަރ ޓްރެއިނީ

ބޭނުންވާ އަދަދު:

03

މުސާރަ:

  • 4401.00 ރުފިޔާ (ހަތަރު ހާސް ހަތަރު ސަތޭކަ އެއް ރުފިޔާ)
  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް:

1890.00 ރުފިޔާ (އެއް ހާސް އަށް ސަތޭކަ ނުވަދިހަ ރުފިޔާ)

 

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ނުވަތަ އޭލެވެލްއިން އިނގިރޭސި އާއި ދިވެހިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއި މަސައްކަތާ ގުޅޭ މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު ކުރެވޭ އިންޓަރވިއުއިން ފާސްވުން. ނުވަތަ،
  • ގްރޭޑް 8 ގެ ފެންވަރު ހުރުމާއެކު ކުރެވޭ އިންޓަރވިއުއިން ފާސްވުން.
  • ދިވެހިބަހުންނާއި އިނގިރޭސި ބަހުން ރީތިކޮށް ފަރިތަކަމާއެކު ވާހަކަ ދައްކަން އެންގުން.
  • މިމަސައްކަތާގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކު ކަމުގައި ނުވުން

މަސައްކަތުގެ ދާއިރާ:

ސޭލްސް އެންޓް ކަސްޓަމަރ ކެއަރ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ވަނަވަރު އަދި އެކުގައި ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު 29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 15:00ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 03 ވަނަ ފްލޯރއަށް ވަޑއިގެން އެޗް އާރު ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތަށް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009272،3009273،3009274

ފެކްސް: 3321559

23 އޭޕްރިލް 2015
ހޯދާ