ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމު:

އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެކްލެސިފިކޭޝަން:  

ޓެކްނިކަލް އޮފިސަރ ގރ.2/  އެކައުންޓްސް އޮފިސަރ

ރޭންކް: MS 2

މުސާރަ

މަހަކު -/6،295 ރުފިޔާ 

ސަރވިސް އެލަވަންސް

މަހަކު -/2،000 ރުފިޔާ

ޑިވިޝަން

ލީގަލް އެންޑް ފައިނޭންސް

ސެކްޝަން /ޔުނިޓް

ފައިނޭންސް

މަސައްކަތް ކުރަންޖެހޭ ތަން

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

 

ކުރަންޖެހޭ މައިގަނޑު

މަސައްކަތްތައް

  • ބަޖެޓް ސެކްޝަނުގެ އިސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުން.
  • އާމްދަނީ އަށް ލިބޭ ފައިސާ ދުވަހުން ދުވަހަށް ޖަމާވޭތޯ ބަލާ އެކަން ކުރުވުން.
  • އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުން އާމްދަނީ އަށް ލިބޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓު ކަމާބެހޭ ފަރާތަށް މުއްދަތަށް ފޮނުވޭތޯ ބަލާ އެކަން ކުރުވުން.
  • ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ ބަޖެޓް ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވުން.
  • ފައިސާ ޚަރަދު ކުރުމުގައި މެނޭޖްމެންޓަށް އިރުޝާދު ދިނުން.
  • ޞިއްޙީ މަރުކަޒުތަކުން ހޮސްޕިޓަލަށް އާމްދަނީ އަށް ލިބޭ ފައިސާ މަސްނިމުމުން އާމްދަނީ އެކައުންޓަށް ޖަމާކުރެވޭތޯ ބަލާއެކަން ގަވާއިދާ އެއްގޮތަށް ހިގާތޯ ބެލުން.
  • ހޮސްޕިޓަލުން ދެވޭ އަގުނަގާ ޚިދުމަތްތަކުގެ ތެރެއިން އަގުނަގާ ޚިދުމަތްތަކަށް ހެދިފައިވާ ބިލްތަކަށް ފައިސާ ލިބޭތޯ ބަލައި އެކަން ގަވާއިދާ އެއްގޮތަށް ހިނގާތޯ ބެލުން.
  • ހޮސްޕިޓަލުގެ ބަޖެޓުން ކުރެވޭ ޚަރަދުތައް ޗެކްކޮށް ބެލުމާއި ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ގަވާއިދާ އެއްގޮތަށް ޚަރަދުތައް ކުރުމާއި ހިސާބުތައް ބެލެހެއްޓުމުގެ ކަންތައް ސުޕަވައިޒްކޮށް ހެދުން.
  • ޞިއްޙީމަރުކަޒުތަކާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކާއި އިނާޔަތްތައް ކަނޑައެޅިފައިވާ ދުވަހަށް ދިނުމަށް އެޗް. އާރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އިތުރުގަޑީގެ ޝީޓްތައް  ޗެކްކުރުމާއި އެހެނިހެން ހިސާބު ޝީޓްތައް ޗެކްކޮށް ހެދުމާއެކު މުވައްޒަފުންގެ މުސާރައާއި އިނާޔަތް ދިނުން.
  • ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސާއި އިނާޔަތާއި ޚަރަދަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް ކަޑައެޅިފައިވާ މުއްދަތުގާ ތަފްސީލު ފޮނުވާތޯ ބަލައި ފައިސާ ހޯދުމަށް މަސައްކަތް ކުރުން.
  • ބޭންކް އެކައުންޓްތައް ރަނގަޅަށް ބަލަހައްޓަމުން ދޭތޯ އާއި ބަޖެޓް ފައިސާ އާއި ބަޖެޓާއި ނުބެހޭ ފައިސާގެ ހިސާބުތައް ދުވަހުން ދުވަހަށް ނިންމަމުން ދޭތޯ ބަލައި އެހީތެރިވުން.
  • ބަޖެޓް ސެކްޝަނަށް ލިބޭ ބިލްތަކަށް ލަސްނުކޮށް ފައިސާ ދެއްކުމުގެ ކަންތައް ބަލަހައްޓާ ބިލްތަކާއި ޚަރަދު ބައިތައް ރަނގަޅުތޯ ބަލައި ވައުޗަރުގާ ސޮއި ކުރުވުން.
  • ތިޖޫރީގައި ހުންނަ ފައިސާ އާއި ޗެކްތަކުގެ ހިސާބުތައް މަހަކު އެއްފަހަރު ޗެކްކޮށް ބަލައި ތިޖޫރީ ރިޕޯޓު ތައްޔާރުކުރުވުން.
  • ފައިސާއާ ބެހޭ ރިޕޯޓްތައް ކަޑައެޅިފައިވާ މުއްދަތަށް ތައްޔާރުކުރުވުމާއި ކަމާބެހޭ ފަރާތަށް ފޮނުވުމުގެ ކަންތައް ބެލެހެއްޓުން.
  • ޚަރަދުތައް ލިބިފައިވާ ބަޖެޓާ އެއްގޮތަށް ކޮންޓްރޯލް ކުރުމަށް ބާރުއަޅައި މަސައްކަތް ކުރުން.
 ޝަރުޠު
  • އެކައުންޓްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެކައުންޓްސްގެ ދާއިރާއެއްގައި 04 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެކައުންޓްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެކައުންސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެކައުންޓްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • އެކައުންސްޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

 
  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިސްކް އެކުލެވޭ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުން. (މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ ލިބޭނެއެވެ).

ހުށަހަޅަން ޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.
  • ސިވިލް ސާރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް  (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

 

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.
  • ސިވިލް ސާރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް ލިޔެފައިވާ ލިޔުން ކިޔަން އެނގޭފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ).

ސުންގަޑި

26 އެޕްރީލް 2015 ވާ އާދިއްތަ ދުވަހުގެ 14:30 ގެ ކުރިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މޭ މަހުގެ ތެރޭގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

ރަސްމީގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6885046، 6885045 އެވެ. ވަޒީފާއަށް އެދޭ ފޯމު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ހުޅުމީދޫ ޞިއްޙީ މަރުކަޒު، ފޭދޫ ޞިއްހީ މަރުކަޒު، މަރަދޫ ޞިއްޙީ މަރުކަޒު މިތަންތަނުން ލިބެންހުންނާނެއެވެ.

17 އޭޕްރިލް 2015
ހޯދާ