މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މަނިޓަރީ އެސިސްޓެންޓް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މިދަންނަވާ މަޤާމުތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލު އަދި އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމު:

މަނިޓަރީ އެސިސްޓެންޓް

ޑިވިޜަން:

މަނިޓަރީ ޕޮލިސީ ސެކްޝަން /މަނިޓަރީ ޕޮލިސީ އެންޑް ރިސާރޗް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އިކޮނޮމިކްސް ނުވަތަ އެއާ ގުޅުންހުރި ދާއިރާއިން މާސްޓަރސް ނުވަތަ ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
  • އިކޮނޮމެޓްރިކްސްގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިޤްތިޞާދުގައި ހިމެނޭބައިތައް ދިރާސާކޮށް މަނިޓަރީ ޕޮލިސީ އެކުލަވާލުމުގައި އެހީވެދިނުން އަދި އެމްއެމްއޭގެ އެނުއަލް ރިޕޯޓާއި ކުއަރޓާލީ އިކޮނޮމިކް ބުލެޓިންޝާއިޢުކުރުމުގެ މަސައްކަތާއި މަނިޓަރީ ޕޮލިސީ ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އެހީވެދިނުން.

ހުނަރުވެރިކަން: 

  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • މަޢުލޫމާތު އެއްކުރުމާއި ދިރާސާކުރުމާއި ރިޕޯޓުލިޔުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ޤާބިލުކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރުމުގެ ޤާބިލުކަންލިބިފައިވުން
  • އަމިއްލަ އިސްނެގުމާއިއެކު މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • 'މައިކްރޯސޮފްޓް އޮފީސް' އަށް އަހުލުވެރިވެފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ
  • ވަޒިފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި

22 އެޕްރީލް 2015 ވަނަ ދުވަހުގެ 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

 25 ޖުމާދަލްއާޚިރާ 1436

14 އޭޕްރިލް 2015
ހޯދާ