ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވަލޮޕަރސް ބޭނުންވެއްޖެ

އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ސޮފްޓްވެއަރ ޑިވަލޮޕަރސް ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ސަރުކާރުގެ ސޮފްޓްވެއަރތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

7 (ހަތެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރު ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

މަހަކު -/12,000 ރުފިޔާ

ފެންވަރު/ޝަރުޠު

  • އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާ އިން ނުވަތަ ސޮފްޓްވެއަރ ޑިޒައިނިންގ އިން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ އެހެން ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ ސޮޕްޓްވެއަރ ޑިޒައިން ދާއިރާއިން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • އަމިއްލަ އިސްނެގުމާއެކު އެހެންމީހެއްގެ އެހީއާއިނުލައި ޕްރޮޑަކްޝަން ލެވަލްގެ ސިސްޓަމް ޑިޒައިންކޮށް ކޯޑުކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
  • އަމިއްލައަށް ޕްރޮޖެކްޓް މެނޭޖްކުރަން އެނގުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޒިންމާދާރުގޮތެއްގައި ކުރަން އެގުން.
  • ރަނގަޅުގޮތުގައި މީހުންނާއި މުޢާމަލާތުކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަން އެނގުން.  

(މިމަސަތްކަތައް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލު އަދި "ޓާރމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  • ސަރުކާރުގެ ޚިދުމަތަކަށް ރައްޔިތުންނަށް އޮންލައިންކޮށް އެދެވުމާއި އަދި ޚިދުމަތާ ގުޅިގެން ފައިސާ ދެއްކޭނެ ގޮތަށް ސިސްޓަމްތައް ތައްޔާރު ކުރުން.
  • އެ އިދާރާއަކުން އެއިދާރާއެއްގެ ޚިދުމަތަކާ ގުޅިގެން ހުށަހަޅައިފައިވާ ރިކުއެސްޓްތައް ޓްރެކްކޮށް، ބަލައި، ޕްރޮސެސްކޮށް އެރިކުއެސްޓްތަކުގެ ސްޓޭޓަސް އަޕްޑޭޓް ކުރެވޭނޭ ގޮތަށް ސިސްޓަމްތައް ޑިވެލޮޕް ކުރުން

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  • ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު: މިމަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ،ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

‏01 ރަޖަބު 1436

20 އޭޕްރިލް 2015
ހޯދާ