ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކުރަންހުރި މަރާމާތުތަކާއި، އެއަރކޮންޑިޝަން ބެހެއްޓުމާއި މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

މިޑިޕާޓްމަންޓުން ކުރަންހުރި މަރާމާތުތަކާއި، އެއަރކޮންޑިޝަން ބެހެއްޓުމާއި މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިޑިޕާޓްމަންޓުން ކުރި ނަންބަރު: K/2015/17-ފ198 (18 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

24 ޖުމާދަލްއާޚިރާ 1436      

13 އޭޕްރިލް 2015
ހޯދާ