ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އެކައުންޓްސް އޮފިސަރ     

މަޤާމުގެ ކުލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގުރޭޑް 1

މަޤާމުގެ ރޭންކް

MS1

މުސާރަ

މަހަކު -/5،610 ރުފިޔާ

 

އެހެނިހެން އިނާޔަތްތައް

- ސަވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: މި މަޤާމުގެ މުސާރައިގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމު އޮތް ސެކްޝަން

ކޯޕަރޭޓިވް އެފެއާޒް

މަސައްކަތް ކުރަންޖެހޭ ތަނާއި، ރަށް

ލ. އަތޮޅު ކައުންސިލްގެ އިދާރާ، ލ. ފޮނަދޫ

 

މަޤާމުގެ ޝަރުތުތައް

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

މަޤާމުގެ މަސްއޫލިއްޔަތު

  1. ޚަރަދުކުރުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ގެނައުމަށް ބޭނުންވާ ވައުޗަރާއި ސަޕޯޓިންގ ޑޮކިޔުމެންޓް ތައްޔާރުކޮށް ހުށަހެޅުން.
  2. ކޮންމެ މަހެއް ނިމުމުން، ފިނޭންސް މިނިސްޓްރީން އެކްސްޕެންޑިޗަރ ރިޕޯޓް ހޯދައި، ބަޖެޓް (ސަރުކާރުންދޭ އެހީ) ބާކީކުރަމުން ގެންދިޔުން.
  3. ސަރުކާރުންދޭ ބަޖެޓުގެ ޚަރަދު ރިޕޯޓް ހަދައި ފޮނުވުން.
  4. ބަޖެޓުގެ އެއްބައިން އަނެއްބަޔަށް ބަދަލެއް ގެންނަން ޖެހިއްޖެ ހިނދެއްގައި، ބަޖެޓް ކޮންޓްރޯލް ހަދައި، ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުން.
  5. 3 ނަންބަރު އެކައުންޓް ބާކީކުރުން.
  6. 3 ނަންބަރު އެކައުންޓުގެ އައިޓަމްތައް ބާކީކުރުން.
  7. 3 ނަންބަރު އެކައުންޓގެ ޚަރދު ވައުޗަރ ހެދުމާއި، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް އެ ފައިސާ ދެއްކުން.
  8. 3 ނަންބަރު އެކައުންޓުގެ ވައުޗަރ ރަޖިސްޓަރީއާއި ޗެކު ރަޖިސްޓްރީ ބެލެހެއްޓުން.
  9. 03 ނަންބަރު އެކައުންޓުގެ ރިޕޯޓްހަދައި، ރިކޮންސައިލްކުރުން.

 

މީހުން ހޮވުމުގައި

ބަލާނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީން.

- ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

އިންޓަވިއުކުރުމާއި،  އިމްތިހާން ކުރުން

 

ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަހުގެ ކުރިން މި މަޤާމަށް އެދުނު ފަރާތްތަކަށް އެންގޭނެއެވެ.

 

 

 


ހުށަހަޅަންޖެހޭ ލިޔުންތައް

 

1- ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ.

4- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (ވަޒީފާ އަދާކުރި ނުވަތަ އަދާކުރާ އޮފީހަކުން ދޫކޮށްފައިވާ)

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި

2015 އެޕްރީލް 28 ވާ އަންގާރަ ދުވަހުގެ 15.00 ގެ ކުރިން މި އިދާރާއަށް.

އިތުރު މަޢުލޫމާތު

މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6800713 ނަންބަރު ފޯނާއެވެ.

23 ޖުމާދަލްއާޚިރާ 1436

12 އޭޕްރިލް 2015
ހޯދާ