ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

1 މޭ 2015 އިން ފެށިގެން ކުރިއަށް އޮތް 1 އަހަރު ދުވަހުގެ މުއްދަތަށް ރަތަފަންދޫ ކައުންސިލުގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ ، މިމަސައްކަތް ކޮންޓެކްޓް އުސޫލުން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އެޕްރީލް 2015 ވާ ހޯމަދުވަހުގެ މެންދުރުފަހުގެ 2:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީހިސާބު ނުވަތަ ޕްރޮޕޯޒަލް ހުށަހެޅޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

  • ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1- ރަޖިސްޓަރީވެގެން ގަވާއިދުން ހިނގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީފީ ދައްކާފައިވާ ރަސީދުގެ ކޮޕީ

2- ކޮމްޕެނީގެ ޕްރޮފައިލް.

  • މާކްސް ދެވޭނެ ގޮތުގެ ތަފުސީލު :                   

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ޚިދުމަތުގެ އަގަށް ދެވޭ މާކްސް

80%

  • ހުށަހަޅާ މަހުކުއްޔަށް ދެވޭ މާކްސް  
  • މި މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނު ފާސްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓި ބަލަހައްޓައިދިނުމަށް ހުށަހަޅާ އެންމެ ކުޑަ މަހުކުއްޔަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ފައިނޭންސަލް ކެޕޭސިޓީއަށް ދެވޭ މާކްސް     

20%

  • ބޭންކް ސްޓޭޓް މަންޓަށް ދެވޭ މާކްސް   
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނު ފާސްވާ ފަރާތްތަކުން ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓަށް ބަލައިގެން ހުށަހަޅާފައިވާ ސްޓޭޓްމަންޓްތަކުގައިވާ ފައިސާގެ އަދަދުތަކުގެ މައްޗަށް  ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ފައިސާ ބެންކްގައި ރައްކާކުރެވިފައިވާ ފަރާތަކަށެވެ.

17 ޖުމާދަލްއާޚިރާ 1436

06 އޭޕްރިލް 2015
ހޯދާ