މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Announcement for EIF Project Officer & Finance Officer

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛުކުރެވެމުންދާ "އެންހޭންސްޑް އިންޓަރގްރޭޓެޑް ފްރޭމްވާރކް ޕްރޮގްރާމް (އީ.އައި.އެފް)ގެ ދަށުން ތަންފީޛުކުރުމަށް ހަމަޖެހިފައިވާ ޓްރޭޑް ފެސިލިޓޭޝަން ޕްރޮޖެކްޓަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ޕްރޮޖެކްޓް އޮފިސަރ

އަދަދު :01

ފެންވަރު ނުވަތަ ޝަރުޠު:

  • ވަޒީފާއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. މިގޮތުން ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، އިންޓަރނޭޝަނަލް ޓްރޭޑް، އިކޮނޮމިކްސް، ޑިވެލޮޕްމަންޓް ސްޓަޑީސް، ޑިވެލޮޕްމަންޓް އިކޮނޮމިކްސް، އައިޓީ ނުވަތަ ސިސްޓަމް ރިއިންޖިނިއަރިންގ ފަދަ ދާއިރާތަކުން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 4-5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން
  • އިނގިރޭސިބަހުންނާއި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން.

މުސާރަ، އެހެނިހެން އިނާޔަތް އަދި ޕެންޝަން ހިމެނޭ ގޮތުގެމަތިން: ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު -/20,046 – -/21,588 ރ އާ ދެމެދުގެ އަދަދެއް

ވަޒީފާގެ މުއްދަތު: 12 މަސްދުވަހުގެ ކޮންޓްރެކްޓް ވަޒީފާ

މަޤާމު: އެކައުންޓްސް އޮފިސަރ

އަދަދު :01

ފެންވަރު ނުވަތަ ޝަރުޠު:

  • އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ ޕްރޮފެޝަނަލް އެކައުންޓިންގ ސެޓުފިކެޓެއް (CAT or CPA) ފުރިހަމަކޮށްފައިވުން. ޕްރޮފެޝަނަލް ސެޓުފިކެޓު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން
  • އެކައުންޓިންގ ސޮފްޓްވެއަރ ބޭނުންކުރަން އެނގުން
  • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 4-5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • އިނގިރޭސިބަހުންނާއި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

މުސާރަ، އެހެނިހެން އިނާޔަތް އަދި ޕެންޝަން ހިމެނޭ ގޮތުގެމަތިން: ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު -/20,046 – -/21,588 ރ އާ ދެމެދުގެ އަދަދެއް

ވަޒީފާގެ މުއްދަތު: 12 މަސްދުވަހުގެ ކޮންޓްރެކްޓް ވަޒީފާ

މަތީގައި ބަޔާންކުރެވިފައިވާ ވަޒީފާއާ ގުޅުންހުރި އިތުރު މަޢުލޫމާތާއި، އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުގެ ތަފުސީލު ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ.، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "Job Application for EIF Tier 2 Project – Finance/Project Officer" މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހުގެ 08:00 – 15:00 އާ ދެމެދު 3333174 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

16 ޖުމާދަލްއާޚިރާ 1436

07 އޭޕްރިލް 2015
ހޯދާ