މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސައިންބޯޑުތައް ހަދައިދޭނޭ ފަރާތެއް ހޯދުމާބެހޭ

ވިލިނގިލީގެ ފަޅުގެ ގަވާއިދުތައް އެންގުމުގެ ގޮތުން ހަރުކުރަންޖެހޭ ސައިންބޯޑުތައް ހަދައިދޭނޭ ފަރާތެއް ހޯދުމާބެހޭ:

ވިލިނގިލީގެ ފަޅުގެ ގަވާއިދުތައް އެންގުމުގެ ގޮތުން ހަރުކުރަންޖެހޭ ސައިންބޯޑުތައް ހަދައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 އެޕްރީލް 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އެޕްރީލް 2015 ވަނަ ދުވަހުގެ ހެނދުނު 11:00އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

16 ޖުމާދަލްއާޚިރާ 1436

05 އޭޕްރިލް 2015
ހޯދާ