ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފަޔަރ އެލާރމް ސިސްޓަމެއް ޤާއިމުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އެސްޓީއޯ ޕލކގެ އިމާރާތް އަދި ގުދަންތަކުގައި ފަޔަރ އެލާރމް ސިސްޓަމެއް ޤާއިމުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އެސްޓީއޯ ޕލކގެ އިމާރާތް އަދި ގުދަންތަކުގައި ފަޔަރ އެލާރމް ސިސްޓަމެއް ޤާއިމުކޮށް، އެއް އަހަރުދުވަހަށް (ކޮންމެ މީލާދީ މަހަކު އެއްފަހަރު) ސާރވިސްކޮށް ބެލެހެއްޓުމަށާއި އަދި އެލާރމް ސިސްޓަމް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ADM/2015/87-ފ60 ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މި ބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:            އެސްޓީއޯ ޕލކގެ އިމާރާތް އަދި ގުދަންތަކުގައި ފަޔަރ އެލާރމް ސިސްޓަމެއް ޤާއިމުކޮށް ބެލެހެއްޓުމުގެ މަސައްކަތް

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:       ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2015 އެޕްރީލް 13 ވާ ދުވަހުގެ 14:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 އެޕްރީލް 13 ވާ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވާފައިވާ އެންމެހައި ފަރާތްތަކަށް 2015 އެޕްރީލް 14 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:       ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 އެޕްރީލް 19 ވާ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކަށްް 2015 އެޕްރީލް 26 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.

ބީލަންކަރުދާސް :       ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 މޭ 03 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން:   3344196 , 3344402

ފެކްސް:  3344633

އީމެއިލް: [email protected]

06 އޭޕްރިލް 2015
ހޯދާ