ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ދ. ރިނބުދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު    

ތަރުޖަމާނު

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS.3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް: ނުކުންނަ ދުވަހަކަށް -/75 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން

ވަޒިފާ އަދާކުރަންޖެހޭ ތަން

ދ. ރިނބުދޫ ޞިއްޙީ މަރުކަޒު / ދ. ރިނބުދޫ

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. މަރުކަޒުގެ  ޚިދުމަތަށް އެދިގެން އަންނަމީހުންނާއި، މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ދިވެހިބަސް އިނގިރޭސި ބަހަށް، އިނގިރޭސި ބަސް، ދިވެހިބަހަށް ތަރުޖަމާކޮށްދިނުން.

2. ބަލިމީހުންނަށް އެހީތެރިވެ، ބަލިމީހުންނަށް ޚިދުމަތުގެ މަގުދައްކައިދިނުން.

3. އާސަންދައިގެ ދަށުން ބަލިމީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުން.

4. ހޮސްޕިޓަލް އިންފޮމޭޝަން ސިސްޓަމް (އެޗް.އައި.އެސް) ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް މަޢުލޫމާތުތައް އެންޓަރކޮށް ބެލެހެއްޓުން.

5. ކޮންސަލްޓޭޝަން ރޫމްތައް ތައްޔާރުކޮށް ތަކެތި ހަމަކުރުން.

6. ކޮންސަލްޓޭޝަން ރޫމްތަކުގެ ސާފުތާހިރުކަން ބެލެހެއްޓުން.

7. ކޮންސަލްޓޭޝަން ރޫމްތަކަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކޮށްފައި ބެހެއްޓުން.

8. ކޮންސަލްޓޭޝަން ރެޖިސްޓަރ ޤަވައިދުން ބެލެހެއްޓުން.

9. މަރުކަޒުގެ އެކިއެކި ޚިދުމަތްތަކަށް ނަގަންޖެހޭ ފައިސާ ނަގައި އޮފީހާ ހަވާލުކުރުން.

10. މީގެ އިތުރުން، މަރުކަޒުގެ ވެރިންނާއި އިސްމުވައްޒަފުން އަންގާ މަސައްކަތް ކުރުން (އޮފީސް މަސައްކަތް)

 

ތަޢުލީމާއި ތަޖުރިބާ

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

ވޮޗަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: SS.1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް: ނުކުންނަ ދުވަހަކަށް -/50 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން

ވަޒިފާ އަދާކުރަންޖެހޭ ތަން

ދ. ރިނބުދޫ ޞިއްޙީ މަރުކަޒު / ދ. ރިނބުދޫ

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. ޑިއުޓީގަޑީގައި، މަރުކަޒުގެ ގޯތި ހިމެނޭ ސަރަހައްދުގެ އެތެރާއި ބޭރު ވަށައިގެން ބެލެހެއްޓުން.

2. ބަލިމީހުންނަށް ގޮވާލަން އޮންނަ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ވޯޑުގައި އެކަކަށްވުރެ ގިނަމީހުން ތިބިނަމަ، ވިސްނުންތެރިކަމާއެކު ވާހަކަދައްކައިގެން އެބަޔަކު ވޯޑުން ބޭރަށް ނުކުތުމަށް ނަސޭހަތްތެރިވުން.

3. މަރުކަޒުގައި ދިމާވާ އިމަރޖެންސީ ކަންކަމުގައި އެވަގުތަކު ޑިއުޓީގައި ތިބޭ މުވައްޒަފުންނަށް އެހީތެރިވެ، މަސައްކަތްކުރުން.

4. މީގެ އިތުރުން، މަރުކަޒުގެ ވެރިންނާއި  އިސްމުވައްޒަފުން އަންގާ މަސައްކަތް ކުރުން (އޮފީސް މަސައްކަތް)

ތަޢުލީމާއި ތަޖުރިބާ

 ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ދ. ރިނބުދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން  އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަނޑި

2015 އެޕްރީލް 8 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން، ދ. ރިނބުދޫ ޞިއްޙީ މަރުކަޒަށް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

19 އޭޕްރީލް 2015 އާއި 18 މެއި 2015 އާ ދެމެދު ދ. ރިނބުދޫ ޞިއްޙީ މަރުކަޒުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ، 7904260 ނަންބަރު ފޯނަށް ނުވަތަ 6760087 ނަންބަރު ފޯނަށެެވެ.

- ވަޒީފާއަށް އެދޭ ފޯމް ދ. ރިނބުދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.

10 ޖުމާދަލްއާޚިރާ 1436  

30 މާރިޗު 2015
ހޯދާ