މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓަންޓް އެންވަޔަރަންމަންޓް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް އެންވަޔަރަންމަންޓް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1 / ޖީ. އެސް 3

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/4،465 ރުފިޔާ

-/1،500 ރުފިޔާ

މުސާރައިގެ %35

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެންވަޔަރަންމަންޓް ޑިޕާރޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • އެންވަޔަރަމެންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެންވަޔަރަމެންޓާ ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޔުނިޓުގެ އަހަރީ ވަރކްޕްލޭނުގައިވާ މަސައްކަތްތައް ކުރުން.
  • ދިރޭތަކެތީގެ ނަސްލާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީވެދިނުން.
  • ދިވެހިރާއްޖެ ބަޔޯސްފިއަރ ރިޒަރވްއަކަށް ހެދުމުގައި ޔުނިޓުން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީވުން.
  • ރާއްޖޭގައި ހިމާޔަތްކުރެވޭ ތަންތަނާއި ދިރޭތަކެއްޗާއި ބެހޭގޮތުން ބައިނަލްއަޤުވާމީ ދާއިރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވެ ދިނުން.
  • ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން އިމްޕްލިމަންޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
  • ޔުނިޓުން ކުރިއަށް ގެންދާ ތަފާތު ޕްރޮޖެކްޓްތަކުގައި ޔުނިޓުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީވެދިނުން
  • ކުރާ މަސައްކަތާ ގުޅޭގޮތުން އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުއެއްކޮށް އަހަރީ ރިޕޯޓު ތައްޔާރުކުރާ ފަރާތްތަކަށް ފޯރުކޮށްދިނުން.
  • މިނޫނަސް ޑިޕާޓްމަންޓުން ހިންގާ ބޮޑެތި މަސައްކަތްތަކާއި، އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކްސް ކަންތައްތަކުގައި ބައިވެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018330، 3018329 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވާ ފަރާތަކަށް ވުން.
  • ދިވެހި ބަހާއި، އިނގިރޭސި ބަހުން މުއާމަލާތުކުރުމަށް އެނގުމާއެކު، ފަރިތަކަމާއެކު ސިޓީ ފަދަ ތަކެތި ލިޔަން ދަންނަ ފަރާތަކަށް ވުން.
  • ރަށުން ބޭރުގައި މަސައްކަތް ކުރުމުގައި ޝައުޤުވެރިވާ މިންވަރު.
  • އަމިއްލައަށް ދިރާސާކޮށް ކަންކަން ދެނެގަތުމަށް ޝައުޤުވެރިވާ މިންވަރު
  • މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ ފަރާތަކަށްވުން
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 8 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.

އިންޓަރވިއުއާއި އިމްތިޙާން ކުރުން 9 އެޕްރީލް 2015 އާއި 30 އެޕްރީލް 2015އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

05 ޖުމާދަލްއާޚިރާ 1436
25 މާރިޗު 2015
ހޯދާ