މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަސައްކަތު

މަޤާމުގެ ނަން: މަސައްކަތު

ބޭސިކް މުސާރަ: -/3,480 ރުފިޔާ

ޑެއިލީ އެލަވަންސް: -/2,320 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: ކޯޕަރޭޓް އެފެއާޒް

ބޭނުންވާ އަދަދު: 1

ޝަރުޠު:

  • އަސާސީ ތަޢުލީމު ހާސިލުކޮށްފައިވުން
  • ކްލައިއެންޓުންނާއި އޮފީހުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނާ ގުޅިގެން އުޅުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހިންގުންތެރި، ހީވާގި، މަސައްކަތްތައް ގަޑިން ގަޑިއަށް ނިންމާ މީހެއްކަމުގައިވުން.
  • ކަންތައްތަކަށް އިސްނަގައިގެން ޝައުޤުވެރިކަމާއެކު މަސައްކަތްކުރުމާއި މަސައްކަތުގެ މާޙައުލަށް އަންނަ ބަދަލުތައް ގަބޫލުކުރެވޭ މީހެއްކަމުގައިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހ.ވެލާނާގެ ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭކަމުގެ ލިޔުން (ސިޓީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވާނެ ކަމުގައި ވެސް ދެންނެވީމެވެ.

06 ޖުމާދަލްއާޚިރާ 1436

 

26 މާރިޗު 2015
ހޯދާ