މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެކްސްޓެންޝަން އިމާރާތުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގައި ހެދުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިނިސްޓްރީގެ ނަންބަރު IUL)23-AP/1/2015/61)ފ(12 މާރިޗު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގައި ހެދުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމައްފަހު 07 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 13:30 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

06 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015
ހޯދާ