މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް: MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ޑިވިޜަން

ކޮލިޓީ އެޝުއަރެންސް

ސެކްޝަން

ޕަބްލިކް ކޮމްޕްލެއިންޓްސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޞިއްޙީ ޚިދުމަތާ ގުޅިގެން ދިމާވާ މައްސަލަތަކުގައި ހުށަހެޅޭ ޝަކުވާތައް ބެލުމުގެ މަސައްކަތް ކުރުމާއި، ޞިއްޙީ ޚިދުމަތާ ގުޅިގެން ދިމާވާ މައްސަލަތަކާ ގުޅިގެން ޢާއްމުންގެ ފަރާތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ހޯދައި، އެ މައްސަލައެއް ބެލުމަށް އެކުލަވައިލެވޭ ކޮމިޓީއަކާ ހިއްސާކުރުމާއި، ކޮމިޓީން މައްސަލަ ބެލުމަށްފަހު އެކުލަވައިލާ ރިޕޯޓު ކަމާބެހޭ ފަރަތްތަކަށް ހިއްސާކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ފަރާތްތަކަށް އެންގުން.

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  4. ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ސީނިއަރ އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޜަން

އެކައުންޓްސް ޑިވިޜަން

ސެކްޝަން

ޕޭމަންޓްސް ސެކްޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާއިން ތައްޔާރުކުރަންޖެހޭ އަހަރީ މާލީ ރިޕޯޓް ތައްޔާރުކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުމާއި، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ކުއްޔަށް ހިފާފައިވާ ތަންތަނާއި މިނިސްޓްރީން ފައިސާ ދައްކަންޖެހޭ ބިލްތަކާއި ލިޔުންތައް ފައިސާ ދެއްކުމުގެ ކަންތައް ބެލެހެއްޓުމާއި، ފައިސާ ނުލިބިގެން ހުށަހަޅާ ސްޓޭޓްމަންޓްތަކަށް ފައިސާ ދެއްކުމުގެ ކަންތައް ހިންގުމާއި، މިނިސްޓްރީ އޮފް ހެލްތުގެ ބަޖެޓް އެކައުންޓް އެއްކިބާކުރެވޭ ފައިސާގެ ކަންތައް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފައިނޭންސްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފައިނޭންސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  4. ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ސެކްޝަން

އެޑްމިނިސްޓްރޭޝަން ޑިވިޜަން / ޕްރޮކިއުމަންޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޕްރޮކިއުމަންޓް ކޮމިޓީގެ މަސައްކަތްތައް ބެލެހެއްޓުމާއި، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނަށް ޕްރޮކިއުމަންޓުން ހިނގާ މަސައްކަތްތަކަށް އަންނަ ބިލް ވެރިފައިކޮށް ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްސްތަކާއެކު އެކައުންޓްސް ޑިވިޜަނަށް ހުށަހެޅުމާއި، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ ސްޓޮކަށް ބޭނުންވާ ތަކެތި ނެގުމުގެ މަސައްކަތްތައްކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ ތެރެއިން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ސެކްޝަން

ބޯރޑްސް އެންޑް ކައުންސިލްސް ސެކްރެޓޭރިއެޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ކައުންސިލްތަކަށް އަންނަ ލިޔެކިޔުމާއި ތަކެތި ބަލައިގަނެ، ވެރިންގެ މަޝްވަރާގެމަތިން ޖަވާބުދާރީވުމާއި، ކައުންސިލްތަކުގެ ފަރާތުން ބާއްވަންޖެހޭ ބައްދަލުވުންތައް ތައްޔާރުކުރުމާއި، ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުމާއި، ކައުންސިލްތަކުގެ ރަޖިސްޓްރީކުރާ ފޯމު ދޫކުރުމާއި، ބަލައިގަތުމާއި، މީހުން ރަޖިސްޓްރީކުރުމާއި، ކައުންސިލްތަކުގެ ލިޔެކިޔުންތައް ފައިލްކުރުމާއި، ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ ތެރެއިން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން

އެޑްމިނިސްޓްރޭޝަން ޑިވިޜަން

ސެކްޝަން

ސްޕޯޓް ސަރވިސަސް / ފްރޮންޓް އޮފީސް އެންޑް މެސެންޖަރ ސަރވިސް 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މިނިސްޓްރީގެ ރިސެޕްޝަނަށް އަންނަ ހުރިހާ ފޯން ކޯލުތަކަށް ޖަވާބުދިނުމާއި، ސެކްޝަންތަކަށް ރޫޓް ކުރަންޖެހޭ ފޯންކޯލުތައް ރޫޓްކުރުމާއި، އެކިއެކި ބޭނުންތަކުގައި އޮފީހަށް އަންނަ ފަރާތްތަކަށް ކަންކުރަންވީ ގޮތް އަންގައިދީ އެފަރާތްތަކުން ބޭނުންވާ ކަންތައްތަކުގައި އެހީތެރިވެދިނުމާއި، ބައްދަލުވުންތަކާއި، އެޕޮއިންޓްމަންޓްތަކަށް އަންނަ ފަރާތްތަކުގެ މަޢުލޫމާތު ކަމާގުޅޭ ސެކްޝަނަށް އެންގުމަށްފަހު، އެތަންތަނުން އަންގާ ގޮތެއްގެ މަތީން އެތަނަކަށް ފޮނުވުން.

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ ތެރެއިން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

 ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން (www.health.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އެޕްރީލް 7 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ އޭޕްރީލްމަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ 3014437 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމް މިމިނިސްޓްރީގެ ވެބްސައިޓުން (www.health.gov.mv ން)  ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިނިސްޓްރީގެ ކައުންޓަރުންވެސް ފޯމު ލިބެން ހުންނާނެއެވެ.

    6 ޖުމާދަލްއާޚިރާ 1436
26 މާރިޗު 2015
ހޯދާ