ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ކޯޓް އޮފިސަރ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މަޤާމު

ކޯޓް އޮފިސަރ

މަޤާމުގެ ރޭންކް

 ޖީ. އެސް. 4

އަދަދު

1 (އެކެއް)

މަސައްކަތްކުރަންޖެހޭތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/5020 ރުފިޔާ (ފަސްހާސް ވިހި ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް

- ސަރވިސް އެލަވަންސް: -/1500 (ފަނަރަ ސަތޭކަރުފިޔާ)

- ލިވިންގ އެލަވަންސް: -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ) 

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 

- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިންތިޙާނަކުން 3 މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ލިިބިފައިވުމާއެކު، ޖީ. އެސް. 3 ރޭންކުގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1. ޝަރީޢަތާ ގުޅޭ ކަންކަމުގައި ހާޒިރުކުރެވޭ ފަރާތްތަކާ، ޝަރީޢަތާ ގުޅުންހުރި މުޢާމަލާތްތައް ހިންގުން.

2. ޝަރީޢަތުގެ މަޖިލީހުގެ ކަންތައް ބެލެހެއްޓުން.

3. ޝަރީޢަތާބެހޭ އިދާރީ މަސައްކަތްތައް ކުރުން.

4. ރެކޯޑިންގ ބަޔާންތައް ލިޔުން.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1. ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު.

2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ.

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

2015 އެޕްރީލް 2 ވަނަ ދުވަހުގެ 14:00

އިތުރު މަޢުލޫމާތު

  • މި މަޤާމުގެ އިންޓަވިއުއަށް ދަޢުވަތުދެވޭނީ، ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓްކުރެވޭނީ، ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓުން                (www.criminalcourt.gov.mvން) މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ނޯޓް:

މި ކޯޓުން 19 ނޮވެންބަރު 2014 ގައި ކޮށްފައިވާ 145-A/2014/84 ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް ވަޒީފާއަށް މީހުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށްފީމެވެ.

 2 ޖުމާދަލްއާޚިރާ 1436
22 މާރިޗު 2015
ހޯދާ