މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އިންޓަރ ސްކޫލް ނެޓްބޯލް މުބާރާތް 2015

އިންޓަރ ސްކޫލް ނެޓްބޯލް މުބާރާތް 2015

ނެޓްބޯލް ނޯމަލައިޒޭޝަން ކޮމެޓީން އިންތިޒާމުކޮށްގެން 1 މޭ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ނެޓްބޯލް އިންޓަރ ސްކޫލް މުބާރާތް 2015 ގައި ބައިވެރިވާން އެދޭ ސްކޫލްތަކުން 31 މާރިޗު 2015 ވަނަ ދުވަހު އޮފީސް ބަންދުވުމުގެކުރިން ނެޓްބޯލް ނޯމަލައިޒޭޝަން ކޮމެޓީއަށް އެޑްރެސް ކުރައްވައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް، ބައިވެރިވާން އެދޭ ކެޓަގަރީ އެނގޭގޮތަށް ލިޔުމަކުން ފޮނުއްވައިދެއްވުން އެދެމެވެ. އަދި ޓީމް ލިސްޓް 9 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް ފޮނުއްވައިދެއްވުން އެދެމެވެ.

މި މުބާރާތުގައި 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުންދަށް، އަދި 19 އަހަރުން ދަށުގެ އުމުރު ފުރައިގެ ކުދިންްނަށް ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ސްކޫލްތަކަށް ހުޅުވާލެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

27 ޖުމާދަލްއޫލާ 1436

18 މާރިޗު 2015
ހޯދާ