މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޒައިދު ފިއުޗަރ އެނަރޖީ ޕްރައިޒް

ޒައިދު ފިއުޗަރ އެނަރޖީ ޕްރައިޒަކީ ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ފައުންޑަރ އަދި ކުރީގެ ރައީސް ޝެއިޚް ޒައިދު ބިން ސުލްޠާން އާލް ނަހްޔާންގެ ހަނދާނުގައި 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުންގެންދާ ޕްރައިޒެކެވެ. އަދި 2016 އަށް ތިރީގައި މިދަންނަވާ 5 ކެޓަގަރީއަށް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

  • ބޮޑެތި ކުންފުނިތައް ( ރިކޮގްނިޝަން އެވޯޑް )
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރި (1.5 މިލިއަން އެމެރިކާ ޑޮލަރ)
  • ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ (1.5 މިލިއަން އެމެރިކާ ޑޮލަރ)
  • ލައިފްޓައިމް އެޗީވްމަންޓް (500,000 އެމެރިކާ ޑޮލަރ)
  • ގްލޯބަލް ހައި ސްކޫލް (100,000 އެމެރިކާ ޑޮލަރ، 5 ސަރަހައްދުން: އެފްރިކާ، އެމެރިކާ، އެޝިޔާ، ޔޫރަޕް އަދި އޮޝޭނިއާ)

ވީމާ، މި އިނާމަށް ނަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖޫން 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން http://www.zayedfutureenergyprize.com ޒިޔާރަތް ކުރައްވާ ނަން ހުށަހެޅުމުގެ ފުރުޞަތު އޮތް ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

28 ޖުމާދަލްއޫލާ 1436

19 މާރިޗު 2015
ހޯދާ