ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން

ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓާއި ކޮޅުމަޑުލު އަތޮޅުކައުންސިލް ގުޅިގެން އަތޮޅުގައި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

ކޯހާ ގުޅޭ މަޢުލޫމާތު:

ކޯހުގެ ނަން

ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން   

ކިޔެވުން ފެށޭ ތާރީޚު

އެޕްރީލް 2015 (ނިމޭނެކަމަށް ލަފާކުރެވެނީ އޮގަސްޓު 2015)

ކިޔެވުން އޮންނަ ދުވަސްތައް

ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު. (ބައިވެރިން ލިބޭގޮތަށް ބަލައި މިނޫން ދުވަސްތަކެއްގައި ކިޔަވައިދޭގޮތަށް ހަމަޖެއްސުމަކީ އެކަށީގެންވާކަމެއް)

ބައިވެރިވުމުގެ ޝަރުޠު

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން. ނުވަތަ،

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

އުމުރުން 18 އަހަރުފުރި ގުޅުންހުރި ދާއިރާއެއްގެ 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

ކޯސް ބާއްވާ ތަން

ކޮޅުމަޑުލު ވޭމަންޑޫ. (ބައިވެރިން ލިބޭގޮތަށް ބަލައި އެހެން ރަށެއްގައި ބޭއްވުމަކީވެސް އެކަށީގެންވާކަމެއް)

އެޕްލިކޭޝަން ފޯމު ލިބެންހުންނާނީ

ކައުންސިލްގެ އިދާރާތަކުން، ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް/ ކޮޅުމަޑުލު އަތޮޅުކައުންސިލުގެ އިދާރާއިން، ނުވަތަ އަތޮޅުކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ. ވެބްސައިޓް އެޑްރެހަކީ [email protected]

ހުށަހަޅަންވީ ތާރީޚު

09 އެޕްރީލް 2015 ދުވަހުގެ 14:00 ގެ ކުރިން ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާއަށް (މެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެ. މެއިލް އެޑްރެހަކީ [email protected] ، ފެކްސް ނަމްބަރަކީ 6780042 )

ހުށަހަޅަންޖެހޭ ތަކެތި

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު
  • އައިޑެންޓިޓީ ކާޑުގެ ފޮޓޯ ކޮޕީ
  • އެކްރެޑިޓްކޮށް، އަސްލާއެއްގޮތް ޖަހާފައިވާ ސަނަދުތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން
  • ކޯހުގައި ބައިވެރިވުމާމެދު އިއުތިރާޒު ނުކުރާކަމަށް، ވަޒީފާއަދާކުރާ އިދާރާއިން ދޭ ލިޔުން
ކޯހުގެ ފީ  2،000.00 ރުފިޔާ (އެއްފަހަރާ ނުވަތަ އެކިފަހަރު މަތިން ދެއްކިދާނެ ) 
ކޯހުގެ ބައިވެރިން ހޮވުން  ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެތެރެއިން ކޯހުގައި ބައިވެރި ކުރާ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން. 
އިތުރު މަޢުލޫމާތު  ކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9969609 ނަންބަރު ފޯނަށް 

ވީމާ، މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.  

25 ޖުމާދަލްއޫލާ 1436

17 މާރިޗު 2015
ހޯދާ