މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ބަނދަރު ހެދުމުގެ މަސައްކަތާގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މ.މަޑުއްވަރި، ހއ.ކެލާ އަދި ގދ.ގައްދޫގެ ބަނދަރު ހެދުމުގެ މަސައްކަތާ ގުޅޭ:

1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުމަށް ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މަސައްކަތް

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިޔުރިޓީ ޢަދަދު

ކޮންޓްރެކްޓަރސް ރަޖިސްޓްރޭޝަން ގްރޭޑް

މ. މަޑުއްވަރި ބަނދަރު ހެދުމުގެ މަސައްކަތް

TES/2015/W-51

-/100,000ރ

GC01-3 , GC01-2، GC01-1

ބ.ކެންދޫ ބަނދަރު ހެދުމުގެ މަސައްކަތް

TES/2015/W-52

-/145,000ރ

GC01-2، GC01-1

ހއ.ކެލާ ބަނދަރު ހެދުމުގެ މަސައްކަތް

TES/2015/W-53

-/175,000ރ

GC01-2، GC01-1

ގދ.ގައްދޫ ބަނދަރު ހެދުމުގެ މަސައްކަތް

TES/2015/W-54

-/200,000ރ

GC01-2، GC01-1

2. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން މަތީގައިވާ ގްރޭޑްތަކަށް ޝަރުޠުހަމަވާ ފަރާތްތަކަށެވެ.

3. ބީލަމެއްގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 23 މާރިޗު 2014 އިން 31 މާރިޗު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މި މިނިސްޓްރީންނެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި ލިބިވަޑައިގަންނަވާނެއެވެ.

4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

     ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

     މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

     އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

     ފޯން: 3349104 ، 3349203

     ފެކްސް: 3320706 ، 3324432

     އީމެއިލް: [email protected]

     ކޮޕީ: [email protected]

     ކޮޕީ: [email protected]

5. ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީ މަތީގައިވާ ތާވަލުގައިވާ އަދަދަށް ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 މާރިޗު 31 ވާ އަންގާރަ ދުވަހުގެ 13:00 ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2015 އެޕްރީލް 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

19 މާރިޗު 2015
ހޯދާ