ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބާތަކެތި ނީލަންކިޔުން

ބާތަކެތި ނީލަންކިޔުން

ބާވެގެންނާއި ގިނަދުވަސްވުމުގެ ސަބަބުންނާއި އަދި ބައެއް ތަންތަން ހަލާކުވުމުގެ ސަބަބުން މިހާރު ބޭނުން ނުކުރާ ވަރަށް ގިނަ އަދަދެއްގެ ތަކެތި ކައްދޫ އެއަރޕޯޓުގައި އެބަހުއްޓެވެ. މިތަކެތީގެ ތެރޭގައި ޑީ ފްރީޒަރާއި އައިސް އަލަމާރި، އެއަރކޮންޑިޝަނަރ، ފެންޕަމްޕް، ޓީ.ވީ، ފަރުނީޗަރ، ޓިނު އަދި ހުސްފީފާ ފަދަ ތަކެތި ހިމެނެއެވެ. ވީމާ، މިތަކެތީގެ ނީލަންކިޔުން 2015 މާރިޗު 21 ވަނަ ދުވަހާއި 2015 މާރިޗު 28 ވަނަ ދުވަހާއި 2015 އެޕްރީލް 4 ވަނަ ދުވަހާއި އަދި 2015 އެޕްރީލް 11 ވަނަ ދުވަހުގެ 16:00 ގައި ކައްދޫ އެއަރޕޯޓުގައި އޮންނާނެއެވެ.

ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. ތަކެތި ދޫކުރެވޭނީ ފައިސާ ދެއްކެވުމުންނެވެ. 3 ދުވަހުގެތެރޭގައި ފައިސާ ނުދައްކަވައިފިނަމަ އެތަކެތީގެ ނީލަން ބާޠިލުވާނެއެވެ.

25 ޖުމާދަލްއޫލާ 1436

16 މާރިޗު 2015
ހޯދާ