މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފިހާރަ ކުއްޔަށް ދިނުމަށް.

ފިހާރަ ކުއްޔަށް ދިނުމަށް.

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ފިހާރަތައް:

  • ކްރެސެންޓް 11,10 އަދި 12 ނަންބަރު ފިހާރަ (އެއް ފިހާރައެއްގެ ގޮތުގައި ކުއްޔަށް ދިނުމަށް)
  • ކްރެސެންޓް 8 އަދި 9 ނަންބަރު ފިހާރަ (އެއް ފިހާރައެއްގެ ގޮތުގައި ކުއްޔަށް ދިނުމަށް)
  • ލ. އަތޮޅު ފިހާރަ އިރުމަތީބައި، ދެކުނުފެންޑާ ½ އަދި ފެންޑާ މަތީބައި
  • ކްރެސެންޓް 14 ނަންބަރު ފިހާރަ
  • ބޯޅަ ދަނޑު 12 ނަންބަރު ފިހާރަ
  • ފ.އަތޮޅު ފިހާރައިގެ ދެކުނުފެންޑާއާއި ދެކުނުފެންޑާގެ މަތީބައި

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

ފިހާރަ ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.

ފޯމު ވިއްކުން:

ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ބިޑް ފޯމު ވިއްކާނީ 2015 މާރިޗު 15ން 2015 މާރިޗު 19 އަށް، (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި) ފޯމެއްގެ އަގަކީ -/10ރ (ދިހަ ރުފިޔާ) އެވެ.

ފޯމު ވިއްކާގަޑި:

ހެނދުނު 8:30 ން މެންދުރު ފަހުގެ 14:30އަށް

ބިޑް ހުށަހަޅަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ސްޓޭޓް ޕްރޮޕަރޓީ މެނޭޖްމަންޓު ޑިވިޜަނަށް

ބިޑުހުށަހަޅާ ތާރީޚާއި ގަޑިތައް:

ފިހާރަ

 ތާރީޚާއި ގަޑި

ކްރެސެންޓް 10، 11 އަދި 12 ނަންބަރު ފިހާރަ (އެއް ފިހާރައެއްގެ ގޮތުގައި ކުއްޔަށް ދިނުމަށް)

 22 މާރިޗު 2015 (އާދީއްތަ) 09:00

ކްރެސެންޓް 8 އަދި 9 ނަންބަރު ފިހާރަ (އެއް ފިހާރައެއްގެ ގޮތުގައި ކުއްޔަށް ދިނުމަށް)

 22 މާރިޗު 2015 (އާދީއްތަ) 10:00

ގަލޮޅު ބޯޅަދަނޑު 12 ނަންބަރު ފިހާރަ

 22 މާރިޗު 2015 (އާދީއްތަ) 11:00

ކްރެސެންޓް 14 ނަންބަރު ފިހާރަ

 23 މާރިޗު 2015 (ހޯމަ) 09:00

ލ. އަތޮޅު ފިހާރަ އިރުމަތީބައި، ދެކުނުފެންޑާ ½ އަދި ފެންޑާގެ މަތީބައި

 23 މާރިޗު 2015 (ހޯމަ) 10:00

ފ. އަތޮޅު ފިހާރައިގެ ދެކުނުފެންޑާއާއި ދެކުނުފެންޑާގެ މަތީބައި

 23 މާރިޗު 2015 (ހޯމަ) 11:00

ބިޑް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ބިޑް ސިކިޔުރިޓީގެ ގޮތުގައި -/50,000ރ (ފަންސާސްހާސް ރުފިޔާ) ބޭންކް ގެރެންޓީއެއް ހުށަހަޅަން ވާނެއެވެ. މި ބޭންކް ގެރެންޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރެވިފައިވާ 45 ދުވަހުގެ ބޭންކް ގެރެންޓީއެއް ކަމުގައި ވާންވާނެއެވެ. އަދި ބޭންކް ގެރެންޓީ ޖަހާފައިވާ ޗެކެއް ޤަބޫލެއް ނުކުރެވޭނެއެވެ.
  • ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ.
  • ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެންމެފަހުން އަހަރީފީ ދެއްކި ރަސީދުގެ ކޮޕީ.
  • ވަކިފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވިޔަފާރިއެއް ކުރާނަމަ އެކަން އެނގޭނެ ލިޔުން. (ވިޔަފާރި ހުއްދަ)
  • ބިޑް ފޯމު ހުށަހަޅާއިރު، ފޯމުގައި ސޮއިކޮށް ކުންފުންޏެއްނަމަ ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައި ފޯމު ހުށަހެޅުން.

އިތުރު މަޢުލޫމާތު:

  • ފިހާރަ ކުއްޔަށްހިފާ ފަރާތުން، އެފިހާރަ ކުއްޔަށް ދިނުމަށް އެގްރިމެންޓް ކުރެވޭއިރު ޑިޕޮޒިޓްގެ ގޮތުގައި މި މިނިސްޓްރީއަށް ޗެކުން ފައިސާ ދައްކާނަމަ ދައްކަންވާނީ އެފަރާތެއްގެ އަމިއްލަ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. އަދި ފިހާރަ ކުއްޔަށްހިފަނީ ކުންފުންޏަކުންނަމަ އެކުންފުންޏެއްގެ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. މި ޗެކު ވާންވާނީ ބޭންކް ގެރެންޓީޖަހާފައިވާ ޗެކަކަށެވެ.
  • ކުލި ހުށަހަޅަންވާނީ ތަނުގެ މިހާރު ކުރަންވެފައިވާ މަރާމާތުތަކަށާއި ތަންހުރި ފެންވަރަށް ބަލާފައެވެ.

19 ޖުމާދަލްއޫލާ 1436  

10 މާރިޗު 2015
ހޯދާ