ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބަދަލުވުން

އިޢުލާން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި މ. ސީނުކަރަންކާގެ / އަލްފާޟިލް އާދަމް އާޒިމް މަޤާމުން ވަކިކުރެވި، އެ މަޤާމަށް މ.ލާލު ބާޢު އަލްފާޟިލް އަޙްމަދު ޝަހީރު 09 މާރިޗު 2015 ވީ ހޯމަ ދުވަހުން ފެށިގެން ޢައްޔަންކުރެވިފައިވާ ވާހަކަ ކުންފުނީގެ ހިއްސާދާރުންނާއި ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

19 ޖުމާދަލްއޫލާ 1436

10 މާރިޗު 2015
ހޯދާ