މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު/ މުދިމު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އިމާމު/ މުދިމު

މަޤާމުގެ ރޭންކް:

އިމާމު ޖީ. އެސް. 3، މުދިމު ޖީ. އެސް. 1

އިމާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުދިމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ އަދަދު:

1 (އެކެއް)

އަތޮޅާއި ރަށް:

މާލެއަތޮޅު / ހުރާ

މަސައްކަތްކުރާ ތަން:

ހުރާގެ މިސްކިތްތައް

ސެކްޝަން:

ހުރާ ކައުންސިލް އިދާރާ / އިކޮނޮމިކް ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

މުސާރަ:

އިމާމު 4465.00 ރުފިޔާ، މުދިމު 3565.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސް، އިތުރުގަޑީގެ މަސައްކަތަށްދޭ ފައިސާ، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާތީ މުސާރައިގެ އިތުރުންދޭ އެލަވަންސް، ހަމަޖެހިފައިވާ ޤަވާޢިދުގެމަތިން ދެވޭނެއެވެ.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  •  ފަރުޟު ފަސްނަމާދުންކުރެ ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް (ރަށު ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތަކަށް) ގޮސް، މިސްކިތުގެ ކަންތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުން. 
  • ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.
  • މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، ދަތިވާ ކޮންމެކަމެއް ކައުންސިލްގެ އިދާރާއަށް އަންގައި، އެކަން ރަނގަޅުކުރެވޭތޯ  ބެލުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ،  ކައުންސިލްގެ އިދާރާއަށް އެކަން އަންގައިގެން، އެކަމެއް ޙައްލުކުރުމަށް މަސައްކަތް ކުރުން.
  • ރަށު ކައުންސިލުން އަންގައިފި ހިނދެއްގައި، ކޭތަ ނަމާދާއި، ޢީދު ނަމާދާއި، ހުކުރު ނަމާދު އިމާމުވެ ކުރުން.
  • މިސްކިތުގައި އިމާމުވެ ތަރާވީޙު ނަމާދާއި ކަށުނަމަދުކުރުން.
  • މިސްކިތުގެ މަސައްކަތުމީހުން މަސައްކަތްކުރާ ނުކުރާ ގޮތް ބަލައި، ކައުންސިލުން އަންގާގޮތެއްގެމަތިން އެމީހުންލައްވައި މަސައްކަތް ކުރުވުން.
  • މިސްކިތު މަސައްކަތުމީހާ ހާޒިރުނުވާ ވަގުތެއްގައިނަމަ، މިސްކިތުގެ އިމާމު، މިސްކިތްތެރެ ސާފުކުރުމާއި، ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ހޮޅިބުރި، ފަންކާފަދަ ތަކެތި ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.
  • މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިނގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
  • މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތަކަށް ފެންދީ، ގަސްތައް ބެލެހެއްޓުމުގެ ކަންތައްތައް ކުރުން.
  • މިސްކިތާ ބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާގެ އަޑުއަހައި، އެ ޝަކުވާތައް ކައުންސިލަށް ހުށަހަޅައިގެން، އެކަންކަން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  • ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 ގެ ކުރިން، މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާއަށެވެ.

އިންޓަވިއު:

އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްއާއި، އިމްތިޙާނުކުރުން ބޭއްވޭނީ، 2015 މާރިޗު 23 ވަނަ ދުވަހު މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ.

 

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒިފާއަށް އެދި ހުށަހަޅާ ސިޓީ / ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު، މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)
  2. އައިޑީ ކާޑުގެ ކޮޕީ (ކިޔަން އެނގޭ)
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއެކު)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. ވަޒިފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  6. ސަރުކާރަށް ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

 

އިމާމުކަމުގެ ފެންވަރު ނުވަތަ ޝަރުޠު:

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މުދިމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

މުދިމުކަމުގެ ފެންވަރު ނުވަތަ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤަބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖްވީދުމަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ، ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

ނޯޓު:

މުދިމުކަމުގެ މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ. އިމާމުކަމުގެ މަޤާމަށް ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ، މުދިމުކަމުގެ މަޤާމަށް މީހަކު ހޮވާނީ، މުދިމުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއިން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެގިނަ ޕޮއިންޓުލިބޭ ފަރާތެކެވެ.

އިތުރު މަޢުލޫމާތު:

މި އިޢްލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640074 ނަންބަރު ފޯނަށް ނުވަތަ 7752778 ނަންބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ 6640074 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 17 ޖުމާދަލްއޫލާ 1436

08 މާރިޗު 2015
ހޯދާ