ފުވައްމުލަކު މާލެގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ޖީ. އެސް. 4

ރޭންކް:

ގްއޮފިސަރ ރޭޑް 2

ކްލެސިފިކޭޝަން:

ފުވައްމުލަކު މާލެގަން ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

ކޯޕަރޭޓް އެފެއާޒް

ސެކްޝަން / ޔުނިޓް:

ފުވައްމުލަކު މާލެގަން ކައުންސިލްގެ އިދާރާ

ވަޒީފާއަދާކުރަން ޖެހޭ ތަން:

5020.00 ރުފިޔާ

މުސާރަ:

މަހަކު 1,500.00 ރުފިޔާ

ސަރވިސް އެލަވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

 

 

1. އޮފީހަށް އަންނަ މައްސަލަތައް އެންޓްރީކޮށް ސެކްޝަންތަކަށް ހަވާލުކުރުން.

2. ދުވަހު ޔައުމިއްޔާއާއި ބޮޑެތިކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

3. މުވައްޒަފުންނާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

4. ކައުންސިލްގެ ޔައުމިއްޔާއާއި އަހަރީ ރިޕޯޓް ލިޔުމާބެހޭ ކަންތައްތައް ކުރުން.

5. އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑިއާއި ބަންދު ދުވަހުގެ ރިޕޯޓް ލިޔެ ބެލެހެއްޓުން.

6. އޮފީހުގެ މެޝިނަރީޒާއި އިންވެންޓްރީ ބެލެހެއްޓުން.

7. ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދާބެހޭ ކަންތައްތައް ކުރުން.

8. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށްފައި ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން.

9. އޮފީހުގައި ގެންގުޅޭ ފޮތްތަކުގައި ގަނޑުލައި ނަންބަރު ޖަހައި ބެލެހެއްޓުން.

10. ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ލިޔެކިއުންތައް ފައިލްކުރުމާއި، ރިކޯޑް ބެލެހެއްޓުން.

11. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

2015 މާރިޗު 18 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން، ފުވައްމުލަކު މާލެގަން ކައުންސިލް އިދާރާއަށް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ފުވައްމުލަކު މާލެގަން ކައުންސިލުގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، ޕްރެކްޓިކަލްއާއި، އިންޓަވިއުއަށް ބެލޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6860007 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު:

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015
ހޯދާ