ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު

ބޭނުންވާ އަދަދު

ޝަރުޠު

މަސައްކަތްކުރަންޖެހޭ ރަސްމީ ގަޑި

މުސާރަ

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

ކޯޕަރޭޓް އެފެއާރޒް ޑިޕާޓްމަންޓް

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

 

01

މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލާރޒް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 07 ވަނަ ސަނަދު ހާސިލުކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އޮފިސަރުގެ މަޤާމުގައި މަދުވެގެން 4 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް %90 މާރކްސް ލިބިފައިވުން.

ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް.

 

މަހަކު -/11,550 ރުފިޔާ

  • ހިއުމަން ރިސޯސް އާބެހޭ އެންމެހައި މަސައްކަތްތައް ޑިރެކްޓަރުގެ ލަފާގެމަތިން ރާވާ ހިންގުން.
  • މުވައްޒަފުންގެ ފެންވެރުބެލުމުގެ ނިޒާމު ޤާއިމުކޮށް، މިނިޒާމަށް މުވައްޒަފުން އަހުލުވެރިކުރުން އަދި މަސައްކަތްތައްކޮށް، ހަރުދަނާކޮށް، މިނިޒާމުގެދަށުން މުވައްޒަފުންގެ ފެންވަރު ބެލުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ ޑިރެކްޓަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

01

 

މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލާރޒް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 07 ވަނަ ސަނަދު ހާސިލުކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އޮފިސަރުގެ މަޤާމުގައި މަދުވެގެން 4 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް %90 މާރކްސް ލިބިފައިވުން.

ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް.

 

މަހަކު -/11,550 ރުފިޔާ

  • ކޮމިޝަންގެ އަހަރީ ރިޕޯޓުގެ މަސައްކަތްކުރުން މަސައްކަތްތައް ރާވާ ހިންގުން.
  • ކޮމިޝަންގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ހަދަންޖެހޭ އިދާރީ އުސޫލުތައް ދެނެގަނެ، އެކަމާގުޅިގެން ދޭންޖެހޭ ލަފައާއި އިރުޝާދު ޑިރެކްޓަރަށް ދިނުމާއި، އަދި އިދާރީ އުސޫލުތައް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކޮމިޝަނުން ކުރަންޖެހޭ އަދި ކޮމިޝަނުން ރާއްޖޭން ބޭރަށް ކުރުމަށް ރާވާފައިވާ ދަތުރުތައް އެދަތުރުކުރުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ މުއްދަތުގައި ކުރެވޭނޭ ގޮތުގެ އިންތިޒާމުކުރުން. އަދި ދަތުރުތަކުގެ އިދާރީ އިންތިޒާމުތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުން.
  • ކޮމިޝަންގެ މެއިންޓަނަންސް މަސައްކަތްތައް ބަލަހެއްޓުން.
  • ކޮމިޝަންގެ މެމްބަރުންގެ އިންޝުއަރަންސްގެ ކަންތައްތައް ބެލެހެއްޓުން.

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

01

މަސައްކަތާ ގުޅޭދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ ސަނަދު ހާސިލު ކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބަ ލިބިފައިވުން ނުވަތަ ކޮމިޝަންގެ ސެކްރެޓަރީގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން.

 

ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް.

 

މަހަކު -/9,500 ރުފިޔާ

  • އެއްގަމާއި، ކަނޑާއި އަދި ވައިގެ މަގުން ރާއްޖޭގެ އެތެރޭގައި ކޮމިޝަނުން ކުރަންޖެހޭ އަދި ކޮމިޝަނުން ކުރުމަށް ރާވާފައިވާ ދަތުރުތައް އެދަތުރުކުރުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ މުއްދަތުގައި ކުރެވޭނޭ ގޮތުގެ އިންތިޒާމުކުރުން. އަދި ދަތުރުތަކުގެ އިދާރީ އިންތިޒާމުތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުން.
  • ކޮމިޝަނުން ބާއްވާ އެކިއެކި ޖަލްސާތަކާއި ވޯކްޝޮޕްތަކާއި ސެމިނާރތަކަށް ތައްޔާރުވުމުގައި ފޯރުކޮށްދޭންޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖައްސައި މި ޕްރޮގްރާމްތަކަށް ބޭނުންވާތަކެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކޮމިޝަންގެ ހަރުމުދާ ބަލަހައްޓަނީ އެންމެ އެކަށީގެންވާ ގޮތަށްތޯ ބަލާ އެ މަސައްކަތް ގަވާއިދާ އެއްގޮތަށް ކުރުން.
  • ޕްރޮކިއުމަންޓްގެ މަސައްކަތް ކުރުން.

ސެކްރެޓަރީ

 

01

ޖީ.ސީ.އީ އޭލެވެލް އިން 2 މާއްދާއިން ފާސްވެފައިވުން

ހެނދުނު 8:00 އިން މެންދުރުފަހު 15:00  އަށް.

މަހަކު -/7600 ރުފިޔާ

 

  • ކޮމިޝަންގެ ސްޓޮކް ބެލެހެއްޓުމާއި ސޮޓޮކް ރިޕޯޓު ގަވާއިދުން ކޮންމެ ދުވަހަކު ތައްޔާރުކުރުން.
  • ކޮމިޝަންގެ މެއިން ފައިލިންގ ސިސްޓަމް ބެލެހެއްޓުން އަދި ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ޕްރޮކިއުމަންޓްގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • އަހަރީ ރިޕޯޓު ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން.

ނޯޓް: ފުރަތަމަ 3 މަސްދުވަހުގެ ޕްރޮބޭޝަނަށްފަހު، ވަޒީފާ ދާއިމީވުމުން މުސާރައިގެ އިތުރުން ކޮންމެ މަހަކު ލިވިންގ އެލަވަންސްގެ ގޮތުގައި -/3,000 ރުފިޔާ  އަދި ސަރވިސް އެލަވަންސްގެ ގޮތުގައި -/3500 ކަނޑައެޅިފައިވާ އުސޫލުން ލިބޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މިމަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ކުރިމަތިލާކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން ޕީރިއެޑް ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި: ވަޒީފާއަށް އެދި ފޮނުވާ ސިޓީ، މިކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ކޮމިޝަނުގެ ވެބްސައިޓް www.hrcm.org.mv އިން ލިބެންހުންނާއެވެ.) ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.

ސުންގަޑި: 2015 މާރިޗު 26 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން. (ވަޒީފާއަށް އެދި ފޮނުއްވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ, 3003173، 3003143 ނަންބަރު ފޯނަށެވެ.

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015
ހޯދާ