ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓަންޓް މެއިންޓަނަންސް އޮފިސަރ

މި ކުންފުނީގެ ނަންބަރު 60ADM/2015/40އިޢުލާނަށް އެކަށީގެންވާވަރަށް ކެންޑިޑޭޓުން ކުރިމަތިލައްވާފައިނުވާތީ މިދަންނަވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: އެސިސްޓެންޓް މެއިންޓަނަންސް އޮފިސަރ ގރ 1

އަދަދު: 01

އަސާސީ މުސާރަ: ހަމަޖައްސާނީ ތަޢުލީމީ ފެންވަރަށާއި އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު

މަސައްކަތް ކުރަންޖެހޭތަން: ބިޒްނަސް ޑިވޮލޮޕްމަންޓް ޑިޕާޓްމަންޓް، ހެޑް އޮފީސް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވެންސް: 1،500ރ އާއި 3،000ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ދާއިމީވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އެސްޓީއޯގެ އެންމެހައި ތަންތަނުގެ މަރާމާތުގެ މަސައްކަތް ކުރުން.
  • ދުވަހުން ދުވަހަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުން.
  • ބިލްޑިންގތައް އިންސްޕެކްޓް ކުރުމާއި ކުރަންޖެހޭ މަރާމާތާ ބެހޭ ކަންތައް ސުޕަވައިޒްކޮށް ބެލުން.

ތަޢުލީމީ ތަޖުރިބާ:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން.
  • ކޮންސްޓަރްކްޝަން، ޕްލަމިންގ، ވެލްޑިންގ އަދި ވަޑާން ކުރުން، މިފަދަ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 23 މާރިޗު 2015 ވަނަ ދުވަހުގެެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344250 ފެކްސް:3344041  ވެބްސައިޓް: www.stomaldives.com

08 މާރިޗު 2015
ހޯދާ