ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކާޑު ގުދަން ބޮޑުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން

އެސްޓީއޯ ލ.ފޮނަދޫ ފިހާރައިގެ ކާޑުގުދަން ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނިން ދޭ ކުރެހުމާއި އަދި ބީއޯކިއު އާ އެއްގޮތަށް އެސްޓީއޯ ލ.ފޮނަދޫ ފިހާރައިގެ ކާޑުގުދަން ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:            އެސްޓީއޯ ލ.ފޮނަދޫ ފިހާރައިގެ ކާޑުގުދަން ބޮޑުކުރުމުގެ މަސައްކަތް

މަސައްކަތުގެ ވެރިފަރާތް:     ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:        ރަޖިސްޓަރީ ކުރަންވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2015 މާރިޗު 18 ވާ ދުވަހުގެ 15:00 ގެ ކުރިން އެސްޓީއޯ ލ.ފޮނަދޫ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:     ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 މާރިޗު 19 ވާ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށެވެ.

މައުލޫމާތު ދިނުން:         ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2015 މާރިޗު 20 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ލ.ފޮނަދޫ ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:          ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 މާރިޗު 24 ވާ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކަށްް 2015 މާރިޗު 31 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް :         ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 އެޕްރީލް 06 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ލ.ފޮނަދޫ ފިހާރައިގައެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 3344318 ، 3344196

ފެކްސް:  3344633

އީމެއިލް: [email protected]

12 މާރިޗު 2015
ހޯދާ