މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓައިމް އެޓެންޑެންސް ސިސްޓަމް އަދި ފިންގަރ ޕްރިންޓް ޑޯ ލޮކިންގ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް.

މިއިދާރާގެ ނަންބަރު IUL)232-AG/232/2015/8)ފ(10 ފެބުރުވަރީ 2015) އަށް މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.

މިކައުންސިލް އިދާރާއަށް ޓައިމް އެޓެންޑެންސް ސިސްޓަމް އަދި ފިންގަރ ޕްރިންޓް ޑޯ ލޮކިންގ ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ 10:45 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ (އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 10:45 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ. 

11 ޖުމާދަލްއޫލާ 1436

02 މާރިޗު 2015
ހޯދާ