ށ. ކަނޑިތީމު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ފެންވަޅެއް އެޅުމަށް ބޭނުންވެއެވެ.

އިޢުލާނު

އަންދީސީހިސާބު ބޭނުންވެއްޖެ

މި މަރުކަޒުގައި އައުފެންވަޅެއް އެޅުމުގެ މަސައްކަތް ކުރުމަށްވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 11 މާރިޗު 2015 ވާ ބުދަދުވަހުގެ 14:00 އަށް މި މަރުކަޒުގެ އޮފީހަށް ވަޑައިގެން، ނުވަތަ ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއެކު ފޮނުވައި މައުލޫމާތު ސާފުކުރެއްވުމަށްފަހު، 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި މަރުކަޒުގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދީސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

       14 ޖުމާދަލްއޫލާ 1436

 

05 މާރިޗު 2015
ހޯދާ