މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޝަން ސީޓާއި ބެކްރެސްޓް އަދި ސަތަރި ސެޓް ހެއްދުމަށް

މިއިދާރާގެ ނަންބަރު IUL)232-AG/232/2015/3)ފ(01 ފެބުރުވަރީ 2015) އަށް އަގު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.

މިކައުންސިލް އިދާރާގެ (ގަލްފް ކްރާފްޓް ޓޯރިންގ 36) "ރަންފަރު" ލޯންޗަށް ކުޝަން ސީޓާއި ބެކްރެސްޓް އަދި ސަތަރި ސެޓް އަމިއްލަ ތަކެތީގައި ހެއްދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ (އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

11 ޖުމާދަލްއޫލާ 1436

02 މާރިޗު 2015
ހޯދާ