މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނދާނީފިލާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާގެ ނަންބަރު IUL)232-AG/232/2015/12)ފ(19 ފެބުރުވަރީ 2015) މަޢުލޫމާތު ސާފުކޮށްފައިވަނީ ދެފަރާތުން ކަމުގައިވާތީ، އެއިޢުލާން ބާޠިލު ކުރީމެވެ.

މިއިދާރާގެ ފަރާތުން ބާއްވާ އެވޯޑް ނައިޓަށާއި އަތޮޅު ފެންވަރުގައި ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ހަނދާނީފިލާ މިއިދާރާއިން ހުށަހަޅާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މާރިޗު 09 ވާ ހޯމަ ދުވަހުގެ 10:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ (އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ (އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް) އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

10 ޖުމާދަލްއޫލާ 1436

01 މާރިޗު 2015
ހޯދާ