ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސާވިސް ސަޕޯޓް ޓެކްނިޝަން ގރ.1

މިކުންފުނީގެ ތިރިގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ސާވިސް ސަޕޯޓް ޓެކްނިޝަން ގރ. 1

އަދަދު: 1

މުސާރަ: 4690.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އައްޑޫ ސާރވިސް ސެންޓަރ

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 2000.00ރ އާއި 2500.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ދާއިމީ ވުމުން ހެލްތު އިންޝުއަރެންސް ގައި ބައިވެރި ކުރެވޭނެއަވެ.
  • މަތީތަޢުލީމު ހާސިލުކޮއްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން  

މަޤާމުމުގެ މަސްއޫލިއްޔަތު:

  • އެއާރ ކޮންޑިޝަނިންގއާއި ރެފްރިޖެރޭޝަންގެ މަސައްކަތްތައް ކުރުން.
  • އެއާރ ކޮންޑީޝަން ހަރުކުރެވޭތަން ސަރވޭ ކުރުން.
  • އާފްޓަރ ސޭލްސް ސަރވިސް ފޯރުކޮށްދިނުން.

ތަޢުލީމާއި ތަޖުރިބާ:

  • ރެފްރިޖެރޭޝަން އެންޑް އެެއާރ ކޮންޑިޝަނިންއިން އެޑްވާންސް ސެޓްފިކެޓެއް އޮތުން.
  • މަޤާމައި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރު މަސައްކަތް ކޮއްފައިވުން.

އެހެނިހެން ހުނަރު:

  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
  • ވަޒީފާ އަދާކުރާ ސްޓޭޝަން ނޫން އެހެން ސްޓޭޝަންތަކުގައި މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 މާރިޗު 10 ވާދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓިއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަކެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް އެސްޓީއޯ ހެޑް އޮފީސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.stomaldives.com

އެސްޓީއޯ 137 ފިހާރަ:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ 137 ހިތަދޫ ފިހާރަ

ޒިޔާރަތް މަގު، ކޮރުވަލު - 19020

ފޯން: 3012713 / 3012714

02 މާރިޗު 2015
ހޯދާ