މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ސްޓްރިންގަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސްޓްރިންގަރ

ބޭނުންވާ އަދަދު:

3

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން  މާލެ، ދިވެހިރާއްޖެ.

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގެ ތިން މާއްދާއިން ފާސްވެފައިވުން، ނުވަތަ ބްރޯޑްކާސްޓިންގ ޖާނަލިޒަމާ ބެހޭ ބޭސިކް ތަމްރީނު ކޯހެއް ފުރިހަމަކޮށް މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

އެމްބީސީގެ ޤާނޫނާއި ސިޔާސަތުތަކާއި އެޑިޓޯރިއަލް ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން މިކޯޕަރޭޝަނުން ކޮންޓެންޓް އުފައްދާ އެކި މީޑިއަމްތަކަށް ބޭނުންވާނޭ ވީޑިއޯއާއި، ފޮޓޯ އަދި ޚަބަރާއި ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވައި ހުށަހަޅައިދިނުމެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

އެއަތޮޅެއްގެ ވެރިކަންކުރާ ރަށުގައި 1 ސްޓްރިންގަރ. (ސ.ހިތަދޫ، ތ.ވޭމަންޑޫ، ގދ.ތިނަދޫ)

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު:

މީހުން ހޮވުމުގައި، މިދާއިރާގައި ޚިދުމަތްކޮށް ތަޖުރިބާ ލިބިފައިވާ މިންވަރަށް ބެލޭނެއެވެ. އަދި ވެރިކަން ކުރާ ރަށަށް ނިސްބަތްވާ މީހުންނަށް އިސްކަންދެވޭނެއެވެ.

އުޖޫރަ:

- މަހަކު -/3000 ރުފިޔާ

8 ޚަބަރަށްވުރެ އިތުރަށް ހަދާ ކޮންމެ ޚަބަރަކަށް:

- -/150 ރުފިޔާގެ ރޭޓުން އިތުރަށް ފައިސާ ދެވޭނެއެވެ.

ޚަބަރު ކަވަރ ކުރުމުގައި އަތޮޅު ތެރޭގައި ޙަރަކާތްތެރިވުން:

- ކަނޑައެޅިފައިވާ އުސޫލުން އެކޮމޮޑޭޝަން، ދަތުރު ފަތުރު އަދި ކެއުމުގެ ޚަރަދު ދެވޭނެއެވެ. އިންޓަރނެޓް އަދި ފޯން އެލަވަންސް ކަނޑައެޅިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

2015 މާރިޗު 15 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

 މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ / 3000284، 3000210 ނަންބަރު ފޯނާއެވެ.

10 ޖުމާދަލްއޫލާ 1436

01 މާރިޗު 2015
ހޯދާ